Ads by Farudhun

ޚަބަރު

އައްޑޫ ލިންކް ރޯޑްގެ ތާރު އެޅުން އާރްޑީސީ ނޫން އެހެން ބަޔަކާ ހަވާލުކުރަނީ

އައްޑޫ ލިންކް ރޯޑްގެ ތާރު އެޅުން އާރްޑީސީ ނޫން އެހެން ބަޔަކާ ހަވާލުކުރަނީ

ވަޒީރު މުއްޠަލިބް. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޯގަސްޓު 2026، 04:31

03 އޯގަސްޓު 2026، 04:31

އައްޑޫ ސިޓީގެ ލިންކް ރޯޑްގެ ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ނޫން އެހެން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހްމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ލިންކް ރޯޑްގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރިއަށް ގެންދިއުމަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ ވީހާވެސް ހަރަދު ކުޑަކޮށް އަދި އަވަހަށް މި މަސައްކަތް ނިންމާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ލިންކް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދަނީ. ނަމަވެސް އެ މަގު މަރާމާތުކޮށް ތަރައްގީ ކުރަން ކުރިއަށް ގެންދަން ރޭވި މަޝްރޫއުގެ ތެރެއިން ހަދަން ނިންމި އެހެން މަގުތަކުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރާނެ،" ވަޒީރު ޑރ. މުއްތަލިބު ވިދާޅުވިއެވެ.

އައްޑޫގެ ލިންކް ރޯޑަކީ ވަރަށް ބޮޑަށް ހަލާކުވެ، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ މަގަކަށްވާތީ، މި މަގު އަލުން ތަރައްގީކުރުމަށް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރާއިރު، އައްޑޫގައި ކުރިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނުނިމި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެގޮތުން ޖުމްލަ 67.58 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ.

އާރްޑީސީން ކުރިން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ކުރިން މި ބިޔަ މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމަށެވެ. ނަމަވެސް ލިންކް ރޯޑްގެ ތާރު އެޅުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރަން ނިންމުމާއެކު، މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450