Ads by Farudhun

ޚަބަރު

ފަޅުރަށްތަކާއި ފަޅު ކުއްޔަށް ދިނުމާއި ބެހޭ ބިލާއެކު ރައްޔިތުންނަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ: މެމްބަރު ސައުދުﷲ

ފަޅުރަށްތަކާއި ފަޅު ކުއްޔަށް ދިނުމާއި ބެހޭ ބިލާއެކު ރައްޔިތުންނަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ: މެމްބަރު ސައުދުﷲ

މެމްބަރު ސަޢުދުﷲ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޯގަސްޓު 2026، 04:40

03 އޯގަސްޓު 2026، 04:40

ފަޅުރަށްތަކާއި ފަޅު ކުއްޔަށް ދިނުމާއި ބެހޭ ބިލާއެކު ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

 ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހަޅައިދެއްވަމުން ސައުދުﷲ ވިދާޅުވީ، މިއީ މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނު އުވާލައި، އިތުރަށް ހަރުދަނާ އުސޫލުތަކެއް އެކަށައެޅުމަށް ހުށަހެޅި ބިލެއް ކަމަށެވެ.

މި ބިލް ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް އިގްތިޞާދީ އަދި އިޖްތިމާއީ އެކިއެކި ބޭނުންތަކަށް އެކަށައެޅުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެވެ. މީގެ އިތުރުން، ވަކި ބޭނުމަކަށް އެކަށައެޅިފައިވާ ފަޅުރަށްތައް ވަރުވާއަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމުގައި ދެފުށް ފެންނަ ހަރުދަނާ ނިޒާމެއް ގާއިމުކުރުން މި ބިލުގައި ހިމެނެއެވެ.

މެންބަރު ސައުދުﷲ ވިދާޅުވި ގޮތުގައި، "މިފަދަ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި ޝަރުތުތަކާއި އަދި އިޖްރާއަތްތައް ދެފުށް ފެންނަ ގޮތަކަށް ބަޔާންކުރުން. ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ރަށްރަށް ވަރުވާ ލިޔެދިނުމަށް ގުޅޭ އުސޫލްތައް ޒަމާނީ ބޭނުންތަކާއި އެއްގޮތަށް އެކުލަވާލުން. ކުއްޔަށް ދޫކުރާ ތަންތަނާއި ވަރުވާއަށްދޭ ރަށްރަށާއި ގުޅޭގޮތުން ހިނގާނެ އާންމު އަދި ހާއްސަ އުސޫލުްތައް ކަނޑައަޅައި އެފަދަ ތަންތަނުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި މަގުތަނަވަސްކުރުން" އަކީ މި ބިލުގެ މުހިންމު ބައިތަކެވެ.

މި ބިލަކީ ޖުމްލަ 65 މާއްދާގެ މައްޗަށް އެކުލެވިގެންވާ ދިގު ބިލެއްކަން ފާހަގަކުރައްވަމުން، ސައުދުﷲ ވިދާޅުވީ ފަޅުރަށާއި ފަޅުތަކާ ގުޅޭ ކަންތައްތައް ވަރަށް ތަފްސީލުކޮށް ބިލުގައި ހިމަނާފައިވާނެ ކަމަށެވެ. މީގެ ތެރޭގައި އިގްތިސޯދީ، އިޖްތިމާއީ، ދަނޑުވެރިކަން އަދި މަސްވެރިކަމުގެ ބޭނުންތަކަށް ރަށްތައް ދޫކުރާނެ އުސޫލުތައް ހިމެނެއެވެ.

ނިންމަވާލައްވަމުން ސައުދުﷲ ވިދާޅުވީ، މި ބިލު ގާނޫނަކަށް ވެގެންދިއުމުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ބިލު ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ގަވައިދުތައް އެކަށައަޅަން ޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450