Ads by Farudhun

ޚަބަރު

ހަރުދަނާ ޞިއްޙީ ނިޒާމަކަށް ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް މުހިއްމު: ވަޒީރު ޤީލާ

ހަރުދަނާ ޞިއްޙީ ނިޒާމަކަށް ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް މުހިއްމު: ވަޒީރު ޤީލާ

ފިލިޕީންސްގެ މެނީލާގައި މިހާރު ކުރިއަށްދާ "ޔުނައިޓް ގްލޯބަލް ސަމިޓް 2026"

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޯގަސްޓު 2026، 06:56

03 އޯގަސްޓު 2026، 06:56

ހަރުދަނާ ޞިއްޙީ ނިޒާމެއް ބިނާކުރުމަށްޓަކައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމަށް ޞިއްޙަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ފިލިޕީންސްގެ މެނީލާގައި މިހާރު ކުރިއަށްދާ "ޔުނައިޓް ގްލޯބަލް ސަމިޓް 2026" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަމިޓުގެ ތެރެއިން ބޭއްވި "ގްލޯބަލް ލީޑަރޝިޕް ޑައިލޮގް" ގައި ވަޒީރު ޤީލާ ވަނީ ސްޓްރެޓީޖިކް ހެލްތު އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސިޔާސީ އިސްވެރިންގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ އާންމު ޞިއްޙީ ޚިދުމަތްތަކާއި އަސާސީ ޞިއްޙީ ފަރުވާގެ ފެންވަރު މަތިކުރުމަށްޓަކައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި މަހުގެ 3 އިން 4 އަށް ކުރިއަށްދާ މި ސަމިޓަކީ ޞިއްޙީ ނިޒާމުތައް ހަރުދަނާކޮށް، ޞިއްޙީ ނަތީޖާތައް ރަނގަޅުކުރުމަށްޓަކައި ބައިނަލްއަގުވާމީ އިސްވެރިން އެއްވެ، ސިޔާސީ ގޮތުން ވެވޭ އިގުރާރުތަކާއި އިންވެސްޓްމަންޓްތައް ވަރުގަދަކުރުމަށް ބާއްވާ މުހިއްމު ބައްދަލުވުމެކެވެ. މި ސަމިޓުގައި ރާއްޖެ ތަމްސީލުކުރައްވަނީ ވަޒީރު ޤީލާ ޢަލީއެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ޤީލާ ވަނީ "ޕެންޑެމިކް ފަންޑް" ގެ އެގްޒެކެޓިވް ހެޑް ޕްރިޔާ ބާސޫއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ކުރިމަތިވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވެ އޮތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވަޒީރު ކަށަވަރުކޮށްދެއްވިއެވެ. އަދި ޕެންޑެމިކް ފަންޑްގެ ގަވަރނިންގ ބޯޑުގައި ދެކުނު އިރުމަތީ އޭޝިއާގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރާ މުހިއްމު ދައުރު މި ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450