Ads by Farudhun

ޚަބަރު

އައްޑޫގެ ނޭޗަރ ޕާކުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫގެ ނޭޗަރ ޕާކުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ނޭޗަރ ޕާކެއް. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 އޯގަސްޓު 2026، 09:22

04 އޯގަސްޓު 2026، 09:22

އައްޑޫ ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، ފެންވަރު ރަނގަޅު ގޮތެއްގައި އެ ތަންތަން ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ. މިއީ  ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް (GFCR) އަދި، އޮސްޓްރޭލިއަން އެއިޑް (AUS AID) ގެ އެހީތެރިކަމާއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (UNDP) ގެ ބެލެހެއްޓުން ތެރިކަމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 

ތިމާވެށްޓާއި ބެހޭ ވުޒާރާއިން، ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ވިދާޅުވީ، މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުން މިހާރު ވަނީ އައްޑޫ ސިޓީއަށް ގޮސް، މަސައްކަތަށް ބޭނުންވާ ސާމާނާއި މުވައްޒަފުން ހޯދާފައެވެ. އަދި މި މަސައްކަތް ކުރިއަށްދާ ސަރަހައްދުތައް ފާހަގަކޮށް، މަޝްރޫއާ ގުޅޭ މައުލޫމާތު ހިމެނޭ  ބޯޑުތައް ވެސް މިހާރު ވަނީ އެ ސަރަޙައްދުތަކުގައި ހަރުކޮށްފައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މިއީ އައްޑޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް، ނޭޗަރ ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި ހިންގާ މަޝްރޫއެއް ކަމަށްވާއިރު، އެ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް މި މަސައްކަތުގެ މުހިންމު އަމާޒެކެވެ.

އައްޑޫގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މި މަޝްރޫއަކީ، އަދުގެ ސަރުކާރުން  އިކޯ-ޓޫރިޒަމް ކުރިއެރުވުމަށް  ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން  ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި މި މަސައްކަތް  ފެށިގެން ބާރުމިނުގައި ކުރިއަށްދާއިރު، މީގެ ސަބަބުން އައްޑޫގެ ތިމާވެށީގެ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭކަން ވެސް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450