ޚަބަރު
ކަރެކްޝަންގެ އަސާސީ ތަމްރީނުގެ 3 ވަނަ ބެޗް ފަށައިފި
އަސާސީ ތަމްރީނު ފެށުމުގެ ތެރެއިން. ފޮޓޯ: ކަރެކްޝަން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށް ގެންދާ “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ގެ ތިން ވަނަ ބެޗް ފަށައިފިއެވެ.
މި ކޯސް ފަށާފައި ވަނީ 3 އޮގަސްޓުގައި މާފުށީ ޖަލުގައެވެ.
ކޯސް އިފްތިތާހުކޮށްދެއްވީ، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ ޑިރެކްޓަރ، ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ލުޤްމާންއެވެ.
13 ބައިވެރިންނާއެކު މި ކޯސް ފަށާފައިވާއިރު، ކްރެކްޝަނުން ވިދާޅުވީ، ކޯހުގެ މައިގަނޑު އަމާޒަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުން ކަމަށެވެ.
ކަރެކްޝަނާއި އަލަށް ގުޅޭ އޮފިސަރުން މި ކޯސް ފުރިހަމަ ކުރަންޖެހޭއިރު، މި ޕްރޮގްރަމްގެ ދެވަނަ ބެޗް ދަސްވެނިވެނިވެފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ބުރުގައި ޖުމްލަ 19 އޮފިސަރަކު ބައިވެރިވިއެވެ.
ހަތަރު މޮޑިއުލްގެ މައްޗަށް ބިނާކޮށްފައިވާ ސެޓްފިކެޓް 01 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގ ކޯހަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 01ގެ ސަނަދު ފެންވަރަށް ފަރުމާކޮށް ތައްޔާރު ކޮށްފައިވާ ކޯހެއް ކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.