Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގުގައި އިތުރު ރުއް އިންދައި ފެހިކޮށްލަނީ

ބޮޑުތަކުރުފާނު މަގުގައި އިތުރު ރުއް އިންދައި ފެހިކޮށްލަނީ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 އޯގަސްޓު 2026، 01:52

04 އޯގަސްޓު 2026، 01:52

މާލޭގެ ބޮޑުތަކުރުފާނު މަގު ފެހިކުރުމުގެ ގޮތުން އެ މަގުގައި އިތުރު ރުއް އިންދުމުގެ މަސައްކަތް މޯލްޑިވާސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެގޮތުން، އެ ކުންފުނިން މިހާރު ވަނީ، ނޯތް ހާބަރުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލަށް ރުއް އިންދުމުގެ މަސައްކަތް ފަށާފައެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ރުއް އިންދާފައެވެ.

ރާއްޖޭގެ ގައުމީ ގަސް ކަމުގައިވާ ދިވެހި ރުއް، ބޮޑުތަކުރުފާނު މަގުގައި އިންދުމަކީ އޭގެ ސަބަބުން ރާއްޖޭގެ ތާރީޚާއި ސަޤާފަތް ހިމާޔަތްވެގެންދާނެ ކަމެއް ކަމަށް އެމްޓީސީސީއިން ގަބޫލުކުރައްވައެވެ. އަދި މިއީ ރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެ ކުންފުނިންދޭ އަހައްމިއްޔަތު ފާހަގަވެގެންދާ ކަމެއް ކަމަށާއި، ދިވެހީންގެ އަމިއްލަވަންތަކަމާ ވެސް ގުޅިފައިވާ ކަމެއްކަން އެ ކުންފުނިން ފާހަގަކުރެއްވިއެވެ.



ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.  މަޝްރޫއުގެ ދަށުން ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައި، ހަތަރު ލޭނަށް މަގު ވަނީ ފުޅާކޮށްފައެވެ. އަދި މި މަޝްރޫއުގެ ތެރެއިން ފަޅު ހިއްކައިގެން 500 ސައިކަލް ޕާކުކުރެވޭނެ ޖާގަ ވެސް ހަދާފައިވެއެވެ. 

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގަކީ ބޯޓުފަހަރު ކައިރިކުރުމާއި މުދާ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ސަރަހައްދަކަށްވުމުން، މި މަޝްރޫއުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ބޮޑެތި ލުއިފަސޭހަތަކެއްވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450