Ads by Farudhun

ޚަބަރު

ޒަކާތު ފަންޑާއި ވަގުފު ފަންޑުން 300 މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް އެބަ ކުރިއަށްދޭ: ވަޒީރު

ޒަކާތު ފަންޑާއި ވަގުފު ފަންޑުން 300 މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް އެބަ ކުރިއަށްދޭ: ވަޒީރު

ވަޒީރު ޝަހީމް މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޯގަސްޓު 2026، 05:48

04 އޯގަސްޓު 2026، 05:48

ޒަކާތު ފަންޑާއި ވަގުފު ފަންޑު ގުޅިގެން ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްތަކެއް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހަސަން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ޝަހީމް ވިދާޅުވީ އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ބަލަހައްޓާ ޒަކާތު ފަންޑަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، އެ ފަންޑަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ވަގުފު ފަންޑު ވެސް އަންނަނީ ކުރިއަރަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް، ވަގުފު ފަންޑާއި ޒަކާތު ފަންޑު ގުޅިގެން. އަހަރެއްހާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ އަމިއްލަ ޒާތުގައި ވަރަށް ތަނަަވަސް ވުޒާރާއަކަށް ވެެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންކަމާ ބެހޭ ވުޒާރާގެ މައިގަނޑު އަމާޒަކީ އިސްލާމީ ކަންތައްތައް ފެތުރުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ، މިނިސްޓްރީގެ އަމިއްލަ ފައިސާއިން ކަންކަން ކުރިއަށް ގެންދިއުމެވެ. މި ބަދަލާއެކު މިހާރު ހުރި ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި އިސްލާމީ މަރުކަޒު ބިނާކުރިއިރު އެތަން ބަލަހައްޓާނެ މާލީ އިންތިޒާމެއް ހަމަޖެހިފައި ނެތްކަން ފާހަގަކުރައްވަމުން، އެހެން ގައުމުތަކުގައި އެފަދަ ތަންތަން ބެލެހެއްޓުމަށް ހާއްސަ އިންތިޒާމުތައް ހުންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެފަދަ އިންތިޒާމެއް ނެތް ނަމަ ތަންތަން ހަލާކުވެދާނެ ކަމަށާއި، ހުރިހާ ކަމެއް ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ނުކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450