Ads by Farudhun

ޚަބަރު

ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓެޖިކް ޕްލޭނާއެކު މަސައްކަތްތައް ހަރުދަނާވެގެންދާނެ: އޮޑިޓަރ ޖެނެރަލް

ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓެޖިކް ޕްލޭނާއެކު މަސައްކަތްތައް ހަރުދަނާވެގެންދާނެ: އޮޑިޓަރ ޖެނެރަލް

މި ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް ވާހަކަފުޅުދައްކަވަނީ---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 އޯގަސްޓު 2026، 12:37

05 އޯގަސްޓު 2026، 12:37

ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓެޖިކް ޕްލޭނާއެކު މަސައްކަތްތައް ހަރުދަނާވެގެންދާނެ ކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ. 

އޮޑިޓަރ ޖެނެރަލް މިގޮތަށް ވިދާޅުވީ، ސިޑްސް ސްޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް ސިމްޕޯސިއަމް ނިންމުމަށާއި، އައި.ޑީ.އައި ގްލޯބަލް ސަމިޓް ހުޅުވުމަށް މިއަދު އއ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ އެއް ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އުކުޅަހުގައެ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޔާޒީ ވަނީ، އޮޑިޓަރ ޖެނެރަލް އޮފީހުން ކުރިއަށް އޮތް 4 އަހަރަށް ކަނޑައެޅިފައިވާ ސްޓްރެޓީޖިކް ޕްލޭން ލޯންޗް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ، އެ ޕްލޭންގެ ސަބަބުން، މަސައްކަތްތައް ހަރުދަނާވެގެންދާނެކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

އެގޮތުން، މިއީ، ނަތީޖާ ނެރެވޭނެ ފަދަ ޒަމާނީ އަދި މަތީ ފަންތީގެ އޮޑިޓް އިދާރާއަކަށްވުމަށް ޓަކައި އެކުވާލާފައިވާ ތަޞައްވުރެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި 2026 އިން 2029އާ ހަމައަށް އެކުލަވާލާފައިވާ މި ސްޓްރެޓީޖިކް ޕްލޭނުން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި، ދައުލަތުގެ ދަރަންޏާއި ގުޅޭ އޮޑިޓްތައްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ އޮޑިޓްތައް ކުރުމާއި، ދައުލަތުގެ ސިޔާސަތުތަކާއި މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ ޕާފޯމަންސް އޮޑިޓްކުރުމާއި، އިންފޮމޭޝަން ސިސްޓަމް އޮޑިޓްތަކާއި، ފޮރެންސިކް އޮޑިޓްތަކުގެ އިތުރުން، އެހެނިހެން ހާއްސަ އޮޑިޓުތައް ކުރުން ހިމެނޭ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން، އެ އިދާރާގެ ގާބިލުކަން އިތުރުކުރުމާއި، ޓެކްނޮލޮޖީގެ ބޭނުންކުރެވޭނެ ގޮތްތަކާއި، ޒަމާނީ އޮޑިޓް އުސޫލުތައް ތައާރަފުކުރުމަށް ޕްލޭންގައި އެކުލަވާލާފައިވާނޭކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ، އޮޑިޓްގެ ނަތީޖާ ހަރުދަނާކުރުމަށް ޓަކައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކުމަށް ވެސް ޕްލޭންގައި ހިމެނިފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

މި ކަންތައްތަކުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ތަރައްގީއަށް އޮތް އުންމީދުތަކާއި، ރާއްޖޭގައި ޒަމާނީ އިދާރާތައް ބިނާވެފައި އޮތުމަށް އޮންނަ ޑިމާންޑް ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. އަދި މިއީ، ގައުމުގެ ތަރައްގީގެ މިސްރާނުގެ އްޗަށް ބިނާވެފައިވާ ކަމެއް ކަމަށާއި، މި ކަމުން މައިގަނޑު އަމާޒަކީ، ދައުލަތުގެ މާލީޔާތު ދެމެހެއްޓެނިވި ގޮތަކަށް ބެލަހައްޓައި، ސަރުކާރުގެ ޕްރޮގްރާމްތައް ފައިދާހުރި ގޮތެއްގައި ހިންގުމުގެ އިތުރުން، ނަޒާހަތްތެރިކަމާއެކު ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުވުން ކަމަށް ވެސް ނިޔާޒީ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450