Ads by Farudhun

ޚަބަރު

އިގުތިސާދަށް އިތުބާރު ކަނޑުވާލަން އެމްޑީޕީން ކުރާ މަސައްކަތަށް ވަޒީރުގެ ވަރުގަދަ ރައްދެއް

އިގުތިސާދަށް އިތުބާރު ކަނޑުވާލަން އެމްޑީޕީން ކުރާ މަސައްކަތަށް ވަޒީރުގެ ވަރުގަދަ ރައްދެއް

ގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޯގަސްޓު 2026، 12:59

05 އޯގަސްޓު 2026، 12:59

ތަކެތީގެ އަގު އުފުލެމުން އަންނަކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ފަތުރަމުންދާ ވާހަކަތަކަކީ ސިޔާސީ މަގުސަދެއްގައި ގައުމީ އިގުތިސާދުގެ އިތުބާރު ނަގާލުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވެ، އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ވަޒީރު ސައީދު މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް އަމާޒުކޮށް، ކުރީގެ ވެރިން ހިމެނޭހެން އެމްޑީޕީން ކުރަމުންދާ މިފަދަ މަސައްކަތްތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބުނު ފުރުސަތުގައި އިގުތިސާދު ރަނގަޅުކުރަން ކުރި ކަންކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް ވަޒީރު ގޮވާލެއްވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު އިގުތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސްލަކީ ކުރީ ސަރުކާރުން ހައްދެއް ނެތި ފައިސާ ޗާޕުކުރުމެވެ. 2019 އާއި 2023 އާ ދެމެދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި ތަކެތީގެ އަގުތައް އުފުލެން ފަށާފައިވާކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ ވިޔަފާރިވެރިންނާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރައި މުޒާހަރާ ކުރަން އުޅުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.

މި މައުޟޫއުގައި ވިޔަފާރިވެރިންގެ ބަސް ހިމަނައި އާންމުކުރި ވީޑިއޯއެއްގައި، އެމްއެޗްއޭ ޕްރައިވެޓް ލިމިޓެޑްގެ އެޗްއާރު އެންޑް އެޑްމިން މެނޭޖަރު އާލިމް އާދަމް ވިދާޅުވީ ކުޑަކުދިންގެ ފޯމިއުލާ (ލެކްޓޯޖެން) ފަދަ ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނެސްލޭ ކުންފުންޏާއެކު އޮތް ގާތް ގުޅުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު ވެސް ރާއްޖޭގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، ތަކެތީގެ އަގު ކޮންޓްރޯލް ކުރަން މި ސަރުކާރުން ކުރާ ވަރުގެ މަސައްކަތެއް އެހެން އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާ ކަމަށެވެ. ކުރީ ސަރުކާރުގެ ސަބަބުން ޑޮލަރުގެ އަގަށް އައި ބަދަލުތަކުން އަރައިގަތުމަށްޓަކައި، މި ސަރުކާރުން މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދައްކާފައިވާ ކަމަށާއި، ޑޮލަރު ލިބޭ މިންވަރު އިތުރުކުރަން ފޮރިން އެކްސްޗޭންޖް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި، މިދިޔަ ފެބުރުވަރީ މަހުގެ 28 ގައި ފެށި އިރާން-އެމެރިކާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ދަތިތަކާއެކު ވެސް، ރާއްޖޭގެ އަސާސީ ކާބޯތަކެތީގެ އަގުތައް ސަރަހައްދީ އެހެން ގައުމުތަކާ އަޅާބަލާއިރު ހިފެހެއްޓިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450