Ads by Farudhun

ޚަބަރު

3 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

3 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން.

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 އޯގަސްޓު 2026، 04:01

05 އޯގަސްޓު 2026، 04:01

ތިން ލައްކައަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށްނެގި މީހަކު ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، 2 އޮގަސްޓުގައި  މާލެއަށް އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގުގެ އެޓޯލްސް ޕާކިންގ ޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިފައިވާ ކަމުގެ މައްސަލަ އެ އިދާރައަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފޮށީގައި ތިން ލައްކައަށްވުރެ  ގިނަ ދިވެހި ރުފިޔާ ހުންނާނެކަމަށް މައްސަލަ ހުށައެޅި ފަރާތުން މައުލޫމާތުދީފައި ކަމަށް އެ އިދާރާއިން ބުނެއެވެ.

މައްސަލައިގެ ރިޕޯޓު ލިބުމުން ފުލުހުން ވަނީ  އެ ފޮށި ހޯދުމުގެ މަސައްކަތް ފަށާފައެވެ.  އެގޮތުން، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި، ތަހުގީގުގެ ތެރެއިން ކުރެވުނު އެކި މަސައްކަތުން އެ އިދާރާއިން ވަނީ،  ފޮށި ވަގަށްނެގި މީހާ ދެނެގަނެފައެވެ. އަދި އެ ފޮށި ގެންދިޔަ ތަން  ވެސް ފުލުހުން ވަނީ ހޯދާފައެވެ.

4 އޮގަސްޓުގައި ފުލުހުން ވަނީ، މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކޮށްފައެވެ.

މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ)  އެވެ.

އޭނާ ވަގަށްނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު ވަނީ 248،500 އަށްވުރެ ގިނަ ރުފިޔާ ފެނިފައެވެ. އަދި އެ ފޮށީގައި ހުރި ފައިސާއިން  އޭނާ ގަނެފައިވާ ކަމަށް ބެލެވޭ  7000 ރުފިޔާގެ މޯބައިލް ފޯނެއް ވެސް ވަނީ ފެނިފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 15  ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450