ޚަބަރު
ރުއްގަހަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި
ރުއްގަހަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމުގެ ތަމްރީނު ޕްރޮގްރާމް ކުރިއަށްދަނީ. ފޮޓޯ: ތިމާވެއްޓާ ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށްދަނީ 2026 އޮގަސްޓް 2 އިން 6 އަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ.
މި މިނިސްޓްރީ އާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ބާއްވާ ތަމްރީނު ޕްރޮގްރާމެއް 2026 އޮގަސްޓް 2 އިން 6 އަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވަނީ ފަށާފައެވެ.
— Min of Fisheries, Agriculture and Ocean Resources (@MFAORmv) August 5, 2026
ޗައިނީޒް އެކަޑަމީ އޮފް… pic.twitter.com/f6eAVGIvc1
މި ތަމްރީނު ޕްރޮގްރާމަކީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނުތަކުގައި ބައިވެރިންނަށް ތިއަރީ މައުލޫމާތުގެ އިތުރުން އަމަލީ ގޮތުން މަސައްކަތް ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރުއްގަހަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސަ، ޤުދުރަތީ ދިރުންތައް ބޭނުންކޮށްގެން ކޮންޓްރޯލް ކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ. މީގެ އިތުރުން، އިދާރީގޮތުން މިފަދަ ބަލިތައް މެނޭޖްކޮށް ކޮންޓްރޯލްކުރުމުގެ ޒަމާނީ އުކުޅުތަކަށް ބައިވެރިން އަހުލުވެރިކުރުވުން މި ތަމްރީނުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމަށާއި، ހާއްސަކޮށް ރުއްގަސް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން އުންމީދު ކުރެއެވެ.