Ads by Farudhun

ޚަބަރު

ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން ބޭރަށް 633 ޓަނުގެ މުދާ

ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން ބޭރަށް 633 ޓަނުގެ މުދާ

ވެލާނާ އެއާރޕޯޓަށް ގިނަ ފްލައިޓްތަކެއް ޖައްސާފައި / ފޮޓޯ: އެމްއޭސީއެލް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 އޯގަސްޓު 2026، 10:18

06 އޯގަސްޓު 2026، 10:18

ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް 633 ޓަނުގެ މުދާ ފޮނުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ  ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 131 ޓީއީޔޫސްއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކްސްގައި އާއްމުކުރި ތަފާސްހިސާބުތަކުން ދާއްކާގޮތުގައި 6 އެއާލައިނެއް މެދުވެރިކޮށް 633 ޓަނުގެ މުދާ ވަނީ ޖުލައި މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. 

މިއީ ޖޫން މަހާ އަޅާބަލާއިރު، 88 އިންސައްތަ އިތުރު އަދަދެއްކެވެ. ޖޫން މަހުގެ ތެރޭގައި ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައި ވަނީ 335 ޓަނުގެ މުދަލެވެ. 

6 އެއާލައިނެއް މެދުވެރިކޮށް ޖުލައި މަހު ދުނިޔޭގެ 10 ގައުމަކަށް މުދާ ފޮނުވާފައިވާ ކަމަށް އެމްޕޯއެލްއިން މައުލޫމާތުދެއެވެ. މި ހަ އެއާލައިނަކީ، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ގަތަރު އެއާވޭސް، ސައުދިއާ އެއާލައިން، ސްވިސް އެއާވޭސް އަދި ޓާކިޝް އެއާލައިންއެވެ.



ސީ-ޓު-އެއަރ ކާގޯގެ ހިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ދެމުން އަންނަ، އިގުތިސާދީ ގޮތުން ނަފާ ހޯދޭނެ ކާމިޔާބު ހިދުމަތެކެވެ. 

މި ހިދުމަތް ރާއްޖޭގައި ފަށާފައި ވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށްވާއިރު، މި ހިދުމަތާއި މިހާރު ވަނީ 17 އަށްވުރެ ގިނަ އެއާލައިން  ގުޅިފައެވެ. ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދެމުން އަންނަނީ އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެންނެވެ.  

ރާއްޖެއަކީ ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކަކުން ދަތުރު ކުރާ ގައުމަކަށްވާއިރު، ސީ-ޓު-އެއަރ ކާގޯ ހިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކުރުމުގެ ފުރުސަތުތައް ބޮޑުކަމަށް ސަރުކާރުން ހާމަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450