Ads by Farudhun

ޚަބަރު

ތުލުސްދޫގައި ޤާއިމްކުރާ އިސްރަށްވެހިންގެ ހިޔާވަހީގެ ބިން އެމްޓީސީސީއާ ހަވާލުކޮށްފި

ތުލުސްދޫގައި ޤާއިމްކުރާ އިސްރަށްވެހިންގެ ހިޔާވަހީގެ ބިން އެމްޓީސީސީއާ ހަވާލުކޮށްފި

ތުލުސްދޫގައި ޤާއިމްކުރާ އިސްރަށްވެހިންގެ ހިޔާގެ ބިން ހަވާލުކުރުން،

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޯގަސްޓު 2026، 08:11

06 އޯގަސްޓު 2026، 08:11

ކ. ތުލުސްދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިސްރަށްވެހިންގެ ހިޔާވަހި މަރުކަޒަށް ބޭނުންވާ ބިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

 ތުލުސްދޫގައި މިފަދަ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ރާއްޖޭގެ 3 ސަރަޙައްދެއްގައި ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަރުކަޒުތަކުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.

ތުލުސްދޫގައި ޤާއިމުކުރާ މި މަރުކަޒަކީ އިސްރަށްވެހިންނަށް ބޭނުންވާ ރެސިޑެންޝަލް ކެއާ، ނާސިން ކެއާ، އަދި ޑޭ-ކެއާ ޚިދުމަތްތައް ލިބޭނެހެން ފަރުމާކުރެވިފައިވާ ތަނެކެވެ. މި ތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ. މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ހިމެނޭހެން 100 މީހުންގެ ޖާގައިގެ މި މަރުކަޒުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.

ސަރުކާރުން އިސްރަށްވެހިންގެ ހިޔާވަހި މަރުކަޒުތައް ތަރައްޤީކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައެވެ. އެގޮތުން ށ. ފުނަދޫގެ މަރުކަޒުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އައްޑޫ ސިޓީ ފޭދޫގައި ޤާއިމުކުރާ މަރުކަޒުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ހަވާލުކޮށްފައިވަނީ ލިޓަސް އޮޓޯ މޮބައިލްސްއާއެވެ.

ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީނުވާނެހެން އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450