Ads by Farudhun

ޚަބަރު

ރަތަފަންދޫ ބަނދަރު މަޝްރޫއުގެ 18 އިންސައްތަ ނިމިއްޖެ

ރަތަފަންދޫ ބަނދަރު މަޝްރޫއުގެ 18 އިންސައްތަ ނިމިއްޖެ

ރަތަފަންދޫ ބަނދަރު މަޝްރޫއުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޯގަސްޓު 2026، 10:54

07 އޯގަސްޓު 2026، 10:54

ގދ. ރަތަފަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 18 އިންސައްތަ ނިމިފައިވާ ކަމަށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ ސަރުކާރުން ހެވީފޯސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ  މަޝްރޫއެކެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ އިދާރާއިން ވިދާޅުވީ މި މަޝްރޫއުގެ ދަށުން މިހާރު ރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން އެއްގަމު ތޮށީގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ މާރިޗު  މަހުގެ ތެރޭގައެވެ. އަމަލި  މަސައްކަތް ފަށްޓަވައިދެއްވީ، އެކަމަށްޓަކައި ބޭއްވި ހާއްސަ  ރަސްމިއްޔާތެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ، މި މަޝްރޫއުގެ ދަށުން، 905  ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.  އެގޮތުން، 70 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 280 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.



މީގެ އިތުރުން، 2 ނެވިގޭޝަން ލައިޓު ހަރުކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ޖެހުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް އެޅުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ރަތަފަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، އެ ރަށުގެ ލަފާފުރުމުގެ މައްސަލައަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ ސަރުކާރުން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރިއަށްގެންދަވާ މުހިންމު މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450