Ads by Farudhun

ޚަބަރު

ސަމްޕާ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ ސާމާނު ހަވާލުކޮށްފި

ސަމްޕާ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ ސާމާނު ހަވާލުކޮށްފި

ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ ސާމާނު ހަވާލުކުރުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޯގަސްޓު 2026، 10:54

07 އޯގަސްޓު 2026، 10:54

ދެކުނު އަރިއަތޮޅުގެ "މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަމްޕާ) ބެލެހެޓުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީ ބޭނުންކުރުމަށް ޓަކައި ކުރިއަށްގެންދާ 'ޓެކް4ނޭޗަރ މޯލްޑިވްސް' މަޝްރޫއުގެ ދަށުން، ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ ސާމާނު އެ ސަރަހައްދުގެ ރޭންޖަރުންނާ ހަވާލުކޮށްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ މި ސާމާނުތައް ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ރޭންޖަރުންނަށް ދިނުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާފައެވެ. މިއީ  ރޭންޖަރުން އެ ސާމާނުތަކަށް އަހުލުވެރިކުރުމަށާއި،  ފީލްޑް އޮޕަރޭޝަންތަކުގެ ހަރުދަނާކަން އިރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސާ ތަންރީނުތަކެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ސަމްޕާ ސަރަހައްދު ބެލެހެއްޓުމަށް  ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ މައިގަނޑު މަގްސަދަކީ، އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ޓެކްނޮލޮޖީގެ އެހީގައި ފުޅާކުރުން ކަމަށް ތިމާވެށްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ ސަބަބުން،  ސަރަހައްދުގައި އުޅޭ، ފެހުރިހީގެ އާބާދީ ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ވެސް ވުޒާރާއިން ފާހަގަކުރައްވައެވެ. ދުނިޔެއިން ނެތިދިޔުމުގެ ބިރުހީވެފައިވުމުގެ ސަބަބުން ހިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ލިސްޓުގައި ފެހިރިހި ހިމެނެއެވެ.

'ޓެކް4 ނޭޗަރ' މަޝްރޫއަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ހުއާވޭ (Huawei) އިން ފަންޑުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި މަޝްރޫއު ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (IUCN) އާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ގުޅިގެނެވެ. 

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ހިންގާ މި މަޝްރޫއުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން  ތިމާވެށި ހިމާޔަތްކުރުމަށް  ދެއްވާ އަހައްމިއްޔަތުކަން ރަމްޒުކޮށްދެއެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450