Ads by Farudhun

ޚަބަރު

ސަޕްލައި ދޯނި އަޑިއަށް ގޮސް ގެއްލުނު ތިން މީހުން ހޯދުމަށް ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި

ސަޕްލައި ދޯނި އަޑިއަށް ގޮސް ގެއްލުނު ތިން މީހުން ހޯދުމަށް ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި

ސަޕްލައި ދޯނި އަޑިއަށް ގޮސް ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2026، 03:45

07 އޯގަސްޓު 2026، 03:45

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، އެ އުޅަނދުން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ވަރުގަދަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، 8 މީހުންނާއެކު ދަތުރުކުރި މި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 23:22 އެހައިކަންހާއިރުއެވެ. ދޯނި ސަލާމަތް ކުރުމަށް ސިފައިންނާއި ފުލުހުން ކުރި މަސައްކަތުގެ ތެރެއިން، މުދަލާއެކު ދޯނި އަޑިއަށް ގޮސްފައިވާއިރު، އޭގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނ. މަނަދުއަށް ނިސްބަތްވާ ފުލުސް ސާޖަންޓް އަލީ ނާފިއު އާއި، ސިފައިންގެ ބޭކަލެއް ކަމަށްވާ އިބްރާހިމް އަހުމަދުގެ އިތުރުން، ދޯނީގެ ކެޕްޓަން ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫނެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކުރި ގޮތުގައި، ގެއްލުނު މީހުން ހޯދުމަށްޓަކައި ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް މިހާރު ވަނީ ބަލާފައެވެ. އެގޮތުން، މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވައިގެ މަގުން ބަލާފައިވެއެވެ.

މީގެ އިތުރުން، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަސެޕްޓަ ކްރާފްޓްތަކާއި، ސީއެމްބިއުލޭންސް އަދި ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ދޯންޏަށް ރާޅު އަރައި ދިޔަވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450