Ads by Farudhun

ޚަބަރު

ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމަށް "އެނގުމަކީ ބާރެއް" ކެމްޕޭން އިފްތިތާހުކޮށްފި

ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމަށް "އެނގުމަކީ ބާރެއް"  ކެމްޕޭން އިފްތިތާހުކޮށްފި

ގާނޫނު އަސާސީ. ފޮޓޯ: އޭޖީ އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޯގަސްޓު 2026، 04:27

07 އޯގަސްޓު 2026، 04:27

ޤާނޫނަށް އަހުލުވެރި، ހައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ބަންޑާރަ ނައިބުގެ އޮފީހުން "އެނގުމަކީ ބާރެއް"ގެ ނަމުގައި ކެމްޕޭނެއް އިފްތިތާހުކޮށްފިއެވެ.

މިއަދު  އިފްތިތާހުކޮށްފައިވާ މި ކެމްޕޭނަކީ ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު ހިންގްމުންދާ "އެއިމް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

"އެނގުމަކީ ބާރެއް" މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ޤާނޫނީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވައި، ފަސޭހަކަމާއެކު އެފަދަ މަޢުލޫމާތުތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން، ކޮންމެ ފަރުދަކަށްމެ އެ މީހެއްގެ ހައްގުތަކާއި އަދާކުރަންޖެހޭ ވާޖިބުތައް އޮޅުންފިލުވައިދީ، ދިރިއުޅުމުގެ އެކި މުއާމަލާތްތަކުގައި ޔަގީންކަމާއެކު ގޮތް ނިންމުމުގެ ހުނަރުވެރިކަން އަށަގަންނުވައިދިނުމަކީ ވެސް މި ކެމްޕޭނުގެ ބޭނުމެކެވެ.

މި ކެމްޕޭނުގެ ތެރެއިން މީސްމީޑިއާގެ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ އިތުރުން، ރައްޔިތުންނަށް ސީދާކޮށް މައުލޫމާތު ދިނުމުގެ އެކި ހަރަކާތްތަކާއި، ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށްގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތްތައް މެދުވެރިކޮށް، އާންމު ދިރިއުޅުމުގައި ބޭނުންވާ މުހިންމު ގާނޫނީ ކަންކަން ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދެނެގަނެވޭނެ ފަދަ ގޮތްތަކަށް ފޯރުކޮށްދެވޭނެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ އެންމެ މުހިންމު އެއް އަމާޒަކީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، އަދުލުއިންސާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ވަރުގަދަކުރުމަށް ޓަކައި އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450