Ads by Farudhun

ޚަބަރު

"މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން އަމާން ދޯދި ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރަން ފަށައިފި

"މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން އަމާން ދޯދި ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރަން ފަށައިފި

އަމާން ދޯދި ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުން - ފޮޓޯ: އެޗްޑީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

08 އޯގަސްޓު 2026، 01:09

08 އޯގަސްޓު 2026، 01:09

ހުޅުމާލޭގައި މަދިރި އާލާވުން މަދުކޮށް، ސާފުތާހިރު މާހައުލެއް ގާއިމުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، އަމާން ދޯދި ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ހެނދުނު ފަށައިފިއެވެ.

މިއަދުގެ ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން، ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގެ އިތުރުން މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައިވެއެވެ.

މި ކެމްޕޭނަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްޔިތުން ސަލާމަތްކުރުމަށާއި، ހުޅުމާލޭގެ މާހައުލަކީ މަދިރި އާލާނުވާނެ ފަދަ ރައްކާތެރި ތަނަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. "މަދިރިން ރައްކާ" ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި ސާފުކުރުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މިއީ ހަމައެކަނި ސާފުކުރުމުގެ ހަރަކާތެއް ނޫން ކަމަށާއި، މީގެ ބޭނުމަކީ ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާ އާންމުންގެ މެދުގައި އަށަގެންނެވުމާއި، މިފަދަ އިޖުތިމާއީ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން ކަމަށް އެ ކުންފުނީގެ އިސްވެރިން ފާހަގަކުރެއްވިއެވެ.

މިދިޔަ ހަފުތާގައި ކުރިއަށްގެންދިޔަ މި ކެމްޕޭނުގެ ހަރަކާތްތަކަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިއަދުގެ ހަރަކާތުގައި ވެސް ގިނަ ބަޔަކު ބައިވެރިވެ، އަމާން ދޯދި ޓަވަރުތަކުގެ ވަށައިގެންވާ ސަރަހައްދުގައި ހުރި ކުނިތަކާއި މަދިރި އާލާވާން ހުރި ތަންތަން ވަނީ ނައްތާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450