Ads by Farudhun

ޚަބަރު

ވަޠަނީ ޚިދުމަތުގެ 4ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ފަށައިފި

ވަޠަނީ ޚިދުމަތުގެ 4ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ފަށައިފި

ވަޠަނީ ޚިދުމަތުގެ 3ވަނަ ބެޗުގެ ބައިވެރިން. ފޮޓޯ: ދިފާޢީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޯގަސްޓު 2026، 11:38

09 އޯގަސްޓު 2026، 11:38

ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ 4ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ނުވަތަ ސެލެކްޝަން ޕްރޮސެސް މިއަދު ފަށައިފިއެވެ.

މި މަރުހަލާ މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް ވިދާޅުވީ، 4ވަނަ ބެޗުގެ ސެލެކްޝަން ޕްރޮސެސްގައި ފުރުޞަތު ދީފައިވަނީ 3ވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޖާގަ ނުލިބުނު ކުދިންނަށް ކަމަށެވެ. މި ޕްރޮސެސް މާލެ ހިމެނޭހެން ރާއްޖޭގެ 13 ސަރަޙައްދެއްގައި ކުރިއަށްދާއިރު، އެމްއެންޑީއެފްގެ 6 ޓީމަކުން އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮސެސް ވަރަށް ފުޅާކޮށް ކުރިއަށްގެންދަން އެބަ މާލެ އަދި އަތޮޅުތެރޭގަވެސް. އެގޮތުން މި ޕްރޮސެސްގައި އެޕްޓިޓިއުޓް ޓެސްޓު، އިންޓަވިއު، ފިޒިކަލް ޓެސްޓު، ސްވިމިންގ ޓެސްޓު އަދި ހެލްތް ސްކީރިން އެބަ ކުރިއަށްގެންދަން،" ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް ވިދާޅުވިއެވެ. މި މަސައްކަތުގައި ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލުތަކުން ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރެއްވިއެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ފަށާފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީނުގެ ތެރޭގައި އަޚުލާޤާއި ސުލޫކު އަށަގެންނެވުމުގެ އިތުރުން، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި ސްކަރީ ތަމްރީނުގެ ޙަރަކާތްތައް ހިމެނެއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ފަދަ މުހިންމު ސެޓިފިކެޓްތަކެއް ލިބިގެންދާނެއެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ 2 ބެޗެއްގެ ތަމްރީނުތައް މިހާރު ނިމިފައިވާއިރު، 3ވަނަ ބެޗުގެ ތަމްރީނުތައް ދަނީ ކުރިއަށެވެ. 3ވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ކެޑޭޓުންނާއި 64 އަންހެން ކެޑޭޓުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450