Ads by Farudhun

ޚަބަރު

ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި މީހުންގެ ތެރޭގައި އެންމެ ގިނައީ އިނގިރޭސީން

ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި މީހުންގެ ތެރޭގައި އެންމެ ގިނައީ އިނގިރޭސީން

ރާއްޖޭގެ ރިސޯޓެއް. ފޮޓޯ: ވިޒިޓް މޯލްޑިވްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޯގަސްޓު 2026، 11:55

09 އޯގަސްޓު 2026، 11:55

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ރިސޯޓްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އައި ފަތުރުވެރިންގެ 73.1 އިންސައްތަ ނުވަތަ 922,974 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. މީގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެ ޤައުމުން މި އަހަރުގެ މިހާތަނަށް 99,886 ފަތުރުވެރިން ރާއްޖެ އައިއިރު، އޭގެތެރެއިން 87.3 އިންސައްތަ ފަތުރުވެރިން ޚިޔާރުކޮށްފައިވަނީ ރިސޯޓްތަކެވެ.

ރިސޯޓްތަކުގައި ދެވަނައަށް އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ސްވިޒަލޭންޑްގެ ފަތުރުވެރިންނެވެ. އެ ޤައުމުން ރާއްޖެއަށް ޒިޔާރަތްކުރި 24,380 ފަތުރުވެރިންގެ ތެރެއިން 86.3 އިންސައްތަ މީހުން ރިސޯޓްތަކުގައި މަޑުކޮށްފައިވެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. ރަޝިއާއިން ޒިޔާރަތްކުރި 184,927 ފަތުރުވެރިންގެ ތެރެއިން 81.5 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 184 ރިސޯޓެއް ހުޅުވާފައިވާއިރު، މި ތަންތަނުގެ ބެޑް ކެޕޭސިޓީ 45,865 އަށް އަރައެވެ. މިއީ މުޅި ރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރަމުންދާ އެނދުގެ 66 އިންސައްތަ ކަމަށްވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450