Ads by Farudhun

ޚަބަރު

ކީރިތި ޤުރްއާނާ ބެހޭ ކަންކަމަށް ހާއްސަ ވަޤްފު އިމާރާތުގެ ކުރެހުން އަންނަ މަހު ނިންމަނީ

ކީރިތި ޤުރްއާނާ ބެހޭ ކަންކަމަށް ހާއްސަ ވަޤްފު އިމާރާތުގެ ކުރެހުން އަންނަ މަހު ނިންމަނީ

ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 އޯގަސްޓު 2026، 01:21

09 އޯގަސްޓު 2026، 01:21

ކީރިތި ޤުރްއާނާ ބެހޭ ކަންކަމަށް ހާއްސަ  ވަޤްފު އިމާރާތުގެ ކުރެހުން އަންނަ މަހު ނިމޭނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިއުލާން ކުރައްވާފައިވާ ގުރްއާނަށް ހާއްސަ ވަޤްފު ބިލްޑިންގެ ދާރުއްނޫރު ކޮންސެޕްޓް ޑިޒައިންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 

އެ އިމާރާތަކީ، ގުރުއާނަށް ހާއްސަ ވަޤްފު އިމާރާތެއްގެ ގޮތުގައި 15 ފަންގިފިލާއަށް މާލެގައި ބިނާކުރެވޭ އިމާރާތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އިމާރާތުގެ 3 ފަންގިފިލާއެއް ހާއްސަ ކުރެވިފައި ހުންނާނީ، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއަށެވެ.

އެ ވުޒާރާގެ އަމާޒަކީ އިމާރާތުގެ މަސައްކަތް ނިމުމުން، ވުޒާރާގެ މަރުކަޒީ އިދާރާ އެތަނުގެ ބަޔަކަށް ބަދަލުކޮށް، އިސްލާމީ މަރުކަޒު އެތަނުގެ އަސްލަށް ރުޖޫއަ ކުރުންކަން ވަޒީރު ހާމަކުރެއްވިއެވެ. އެއާއެކު ހަގީގީ މާނައިގައި އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަ ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަރުކަޒުގައި ޒަމާނީ ވަސީލަތްތައް ގާއިމުކޮށް، އިސްލާމް ދީނާއި ބެހޭ މައުލޫމާތުތައް އެކި އުމުރުފުރާގެ ފަރާތްތަކަށް ލިބޭނެ ގޮތް ހަދައި، ސްކޫލްތަކުގެ ދަރިވަރުން ޒިޔާރަތް ކުރެވޭ ތަނަކަށް ހެދުމަކީ ވެސް އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒު ހުޅުވޭއިރު އެތަނުގައި ހުރި ލައިބްރަރީ އަލުން އިޢާދަކޮށް، ޒަމާނީ ފެންވަރުގެ ލައިބްރަރީއެއް ޤާއިމްކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެކަށީގެންވާ ވަރުގެ މަރާމާތެއްކޮށް، އިސްލާމީ މަރުކަޒު ހެޔޮ ގޮތުގައި ބެލެހެއްޓުމަށް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ނޫރު އިމާރާތުގެ ތަފްސީލީ ކުރެހުން އަންނަ މަހުގެ ތެރޭފައި ނިމޭނެ ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން، ނުވަތަ އަންނަ އަހަރު ކުރީކޮޅުގައި ނޫރު ބިލްޑިންގުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ނޫރު އިމާރާތަކީ، ދިވެހިރާއްޖޭގައި ހާފިޒުން ބިނާކުރުމާއި، ގުރްއާނުގެ އިލްމު ފެތުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ޓަކައި ބިނާކުރެވޭ ހާއްސަ ވަޤުފު ބިނާއެކެވެ. އެތަނުން ލިބޭ ކުލި ޚަރަދުކުރެވިގެންދާނީ، މި މަގްސަދައް ކަމަށާއި، މިވަގުތު މާލެއާއި ހުޅުމާލެގައި 2 އިމާރާތެއްގެ އަމަލީ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މާލެގައި ހުރި ދާރުލް އީމާން ވަޤުފު ބިނާއިން ކޮންމެ އަހަރަކު 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭ އިރު، އެއީ މިސްކިތްތަކަށް ހާއްސަ ބިނާއެކެވެ. 3  އަހަރު ފަހުން މިފަދަ މަސައްކަތްތަކަށް އެ ވުޒާރާއިން ދައުލަތުގެ ބަޖެޓަށް ބަރޯސާއެއް ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އިމާރާތްތަކުގެ ސަބަބުން، ވުޒާރާއިން ކުރަންޖެހޭ ދީނީ ކަންކަން ކުރެވޭ ވަރަށް، އިސްލާމީ ވަޤުފު ފަންޑު ހުންނަނީ ތަނަވަސްވެފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450