Ads by Farudhun

ޚަބަރު

ކުޑަފަރީ ސިއްހީ މަރުކަޒުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

ކުޑަފަރީ ސިއްހީ މަރުކަޒުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 އޯގަސްޓު 2026، 04:16

09 އޯގަސްޓު 2026، 04:16

ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އައު އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ޓައި ބީމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ޖުމްލަ 27.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަޝްރޫއު ކުރިއަށްގެންދާއިރު، އެމްޓީސީސީއާ މަޝްރޫއު ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.



މި އިމާރާތް ބިނާކޮށް ނިމުމާއެކު، ކުޑަފަރީ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ނިމުމެއް އަންނާނެއެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ލިބޭ ސިއްހީ ފަރުވާގެ ފެންވަރު މަތިވެ، ހިދުމަތްތައް ކުރިއަށްވުރެ ފުޅާވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވައި ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ މިގޮތުން، ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ޖާގަ މަދު ރަށްރަށުގައި އައު ބިނާތައް އެޅުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450