Ads by Farudhun

ޚަބަރު

ރުކުމަޑިއާއި ހުދުކޫޑި ކޮންޓްރޯލްކުރުމަށް ބޭނުންވާ ޕެސްޓްސައިޑަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ރުކުމަޑިއާއި ހުދުކޫޑި ކޮންޓްރޯލްކުރުމަށް ބޭނުންވާ ޕެސްޓްސައިޑަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ވަޒީރު ހއ އަދި ހދ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2026، 05:12

09 އޯގަސްޓު 2026، 05:12

ދިވެހިރާއްޖޭގެ ރަށްތަކުގައި ހުރި ރުއްތަކަށް ޖެހެމުންދާ ރުކުމަޑިއާއި ހުދުކޫޑީގެ މައްސަލަ ޙައްލުކުރުމަށް ބޭނުންވާ ޕެސްޓްސައިޑް ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު މި މަސައްކަތަށް ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ރުކުމަޑިއާއި ހުދުކޫޑީގެ މައްސަލަ ދިމާވެފައިވާ ރަށްތަކުން ޕެސްޓްސައިޑަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުރިހާ ރަށު ކައުންސިލްތަކަށް ސިޓީ މެދުވެރިކޮށް އަންގާފައެވެ.

ޕެސްޓްސައިޑް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލަށް ބަލާއިރު، ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކުން ޕެސްޓްސައިޑް ބޭނުންވާނަމަ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކޮށް އެތަނުން ތަކެތި ނެގޭނެއެވެ. އަދި ބާކީ ހުރި އަތޮޅުތަކުން ޕެސްޓްސައިޑް ބޭނުންވާނަމަ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އެ ތަކެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ވަޒީރު އަޙްމަދު ޝިޔާމް ހއ. އަދި ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ރަށްތަކުގެ ކައުންސިލްތަކާ މި ތަކެތި އަމަލީ ގޮތުން ވަނީ ޙަވާލުކުރައްވާފައެވެ.

ކޮކޮނަޓް ހިސްޕިން ބީޓްލް ނުވަތަ ކުދި ރުކުމަޑި ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އދ. ސަން އައިލެންޑް ރިސޯޓުންނެވެ. މިއީ ރުއްތަކުގެ ފަންވަތްތައް ހަލާކުކޮށް، ރުއްތަކުގެ ހެދިބޮޑުވުމަށް ބޮޑެތި ހުރަސްތަކެއް އަޅާ މަޑީގެ ބާވަތެކެވެ.

މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ޗައިނާ ސަރުކާރުގެ އެހީގައި ދިރާސާކޮށް، ރުކުމަޑި ނައްތާލާނެ ސޫތްޕެއް (ޕެރަސައިޓޮއިޑް) ވަނީ ހޯދާފައެވެ. މި ސޫފި އާލާކުރުމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 'ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރެއް' ދާދިފަހުން ވަނީ ޤާއިމުކޮށްފައެވެ. މި ސެންޓަރުން ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރަސައިޓޮއިޑް އާލާކުރުމުގެ ޤާބިލުކަން ހުންނާނެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި، ޤުދުރަތީ ގޮތުން ޕެސްޓްތަކަށް ޙަމަލާދޭ ސޫފި ބޭނުންކޮށްގެން ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކޮށް، ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450