Ads by Farudhun

ޚަބަރު

"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އެޕްލިކޭޝަނާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އެޕްލިކޭޝަނާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އެޕްލިކޭޝަނާ ގުޅޭ މަސައްކަތު ބައްދަލުވުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2026، 08:25

09 އޯގަސްޓު 2026، 08:25

ދިވެހިރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކޮށް، ހަރުދަނާ ނިޒާމެއް ބިނާކުރުމުގެ މަޤްޞަދުގައި "ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް"  އެޕްލިކޭޝަނާ ގުޅޭ ފަންނީ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް ހެލްތާއި، ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއާއި، އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

މި އޮގަސްޓް މަހުގެ 9 އިން 12 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ، އިޖުތިމާޢީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެޕްލިކޭޝަން ބޭނުންކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ތަފާސްހިސާބާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެކުލަވައިލުމުގެ ޤާބިލުކަން ދައުލަތުގެ މުއައްސަސާތަކުގައި އިތުރުކުރުމެވެ.

"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އަކީ އިޖުތިމާޢީ ރައްކާތެރިކަން ފުޅާކުރުމުގެ ސަބަބުން، ވަޒީފާގެ ފުރުޞަތުތަކާއި، ޞިއްޙީ ޚިދުމަތް، ތަޢުލީމު އަދި ދިރިއުޅުމުގެ ފެންވަރު ފަދަ އަސާސީ ދާއިރާތަކަށް އަންނަ ބަދަލުތައް ދެނެގަނެވޭނެ މުހިންމު ވަސީލަތެކެވެ. ޚާއްޞަކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުން ލިބޭ ކުރިއެރުންތައް މި ވަސީލަތުގެ އެހީގައި ވަޒަންކުރެވޭނެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި، ޤައުމީ ފެންވަރުގެ ތަފާސްހިސާބުތައް ބޭނުންކޮށްގެން ސިޔާސަތުތައް ދިރާސާކުރާނެ ގޮތްތަކާއި، ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ފުޅާކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެވޭނެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ އިތުރުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ނޭޝަނަލް ޕްލޭނިންގ ހިމެނޭހެން ޖުމްލަ 20 ފަރާތަކުން ބައިވެރިވެއެވެ. މި މަސައްކަތަކީ 2024 އަދި 2025 ވަނަ އަހަރު ކުރިއަށް ގެންދެވުނު މަޝްވަރާތަކުގެ ކުރިއެރުމެއް ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450