Ads by Farudhun

ޚަބަރު

އެމެރިކާގެ މިނިވަންދުވަހުގެ ހަފްލާ ޚާރިޖީ ވަޒީރު ޝަރަފުވެރިކޮށްދެއްވައިފި

އެމެރިކާގެ މިނިވަންދުވަހުގެ ހަފްލާ ޚާރިޖީ ވަޒީރު ޝަރަފުވެރިކޮށްދެއްވައިފި

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެމެރިކާގެ މިނިވަންދުވަހުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވުން / ފޮޓޯ: ހާރިޖީ ވުޒާރާ

farudhun logo

ފަރުދުން

10 އޯގަސްޓު 2026، 09:01

10 އޯގަސްޓު 2026، 09:01

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ބޭއްވި ޚާއްޞަ ޙަފްލާ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ތާރީޚީ މުނާސަބަތާ ގުޅިގެން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޚާރިޖީ ވަޒީރު ވަނީ އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ. 

މި ޙަފްލާއަށްފަހު ވަޒީރު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ އުފަލުގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.



ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އަހަރަކީ ދިވެހިރާއްޖެ އާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ. މިއީ ފާއިތުވި ފަސްދޮޅަސް އަހަރުދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، އިހުތިރާމާއި، އަދި ގުޅިގެން މަސައްކަތްކުރަމުންދާކަން ރަމްޒުކޮށްދޭ މުހިންމު ކަމެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި އެމެރިކާ އެމްބަސީގެ އިސްވެރިންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450