Ads by Farudhun

ޚަބަރު

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހުގެ 14 އަދި 15 ގައި ބާއްވަނީ

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހުގެ 14 އަދި 15 ގައި ބާއްވަނީ

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޯގަސްޓު 2026، 09:29

10 އޯގަސްޓު 2026، 09:29

"ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026" މި ހިނގާ އޮގަސްޓު މަހުގެ 14 އަދި 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ އެ ވުޒާރާއިން ވިދާޅުވީ،  ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ  އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. 

މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު  14 އޮގަސްޓް  2026 ވާ ހުކުރު ދުވަހުގެ ރޭ  20:30 ގައި ބޭއްވިގެންދާނެކަން އެ ވުޒާރާއިން ހާމަކުރައްވައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ  އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢުދީ އަރަބިއްޔާގެ ކިންގް ފަހަދު ޔުނިވަރސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްގެ ޕްރޮފެސަރ ޑޮކްޓަރ މުސްފިރު ބިން އަލީ އަލްޤަޙްޠާނީއެވެ.

ދެ ދުވަހުގެ މުއްދަތަކަށް މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު،  ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު"  މި މައުޟޫއުގެ މައްޗަށް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ޢިލްމުވެރިންގެ ބައްދަލުވުންތަކުގެ އެކި ދަންފަޅިތަކުގައި، މުހިންމު ދީނީ މައުޟޫއުތަކަށް ބަހުސްކުރެވިގެންދާނެ ކަމަށާއި، ތަފާތު މައުޟޫއުތަކާއި ގުޅޭގޮތުން ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ބޭއްވިގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އޭގެ ފަހުން 2025 ވަނަ އަހަރު ވެސް  މި ބައްދަލުވުން  ވަނީ ބާއްވާފައެވެ.  މިއީ  ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކަށް ޖަމާވެ، އެކި މަޢުޟޫޢުތަކާއި ގުޅޭ ގޮތުން ވާހަކަދެއްކުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަން ވުޒާރާއިން ފާހަގަކުރައްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450