Ads by Farudhun

ޚަބަރު

އުކުޅަހުގައި ހޭނައްތާ ޑޮކްޓަރުންގެ ސަރަޙައްދީ ފެންވަރުގެ ބައްދަލުވުމެއް ބާއްވަނީ

އުކުޅަހުގައި ހޭނައްތާ ޑޮކްޓަރުންގެ ސަރަޙައްދީ ފެންވަރުގެ ބައްދަލުވުމެއް ބާއްވަނީ

އއ.އުކުޅަސް. ފޮޓޯ: މޯލްޑިވްސް ވާޓުއަލް ޓުއަރ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޯގަސްޓު 2026، 11:30

10 އޯގަސްޓު 2026، 11:30

ސަރަހައްދީ ފެންވަރުގައި ބާއްވާ ހޭނައްތާ ޑޮކްޓަރުންގެ ބޮޑު ކޮންފަރެންސެއް 200 އަށްވުރެ ގިނަ މަންދޫބުންނާއެކު ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ކޮންފަރެންސްގެ މައިގަނޑު ބައްދަލުވުންތައް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނީ އއ. އުކުޅަހުގައެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ދިވެހި ޑޮކްޓަރުންނަށް އަމާޒުކޮށްގެން ހާއްސަ ފަންނީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ކޮންފަރެންސްގެ ދަށުން ބައިވެރިވާ ބައިނަލްއަގުވާމީ ފަންނީ ތަޖުރިބާކާރުން މެދުވެރިކޮށް ދިވެހި ޑޮކްޓަރުންނަށް ހާއްސަ ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުގެ ހަތަރު ހޮސްޕިޓަލެއްގައި އެއްފަހަރާ ކުރިއަށް ގެންދާ މި ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް 120 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން މިހާތަނަށް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްދާ ހޮސްޕިޓަލްތަކާއި ދާއިރާތައް:
ހުޅުމާލެ ހޮސްޕިޓަލް: ކްރިޓިކަލް ކެއާ ވޯކްޝޮޕް
ޓްރީޓޮޕް ހޮސްޕިޓަލް: ކްރޮނިކް ޕެއިން މެނޭޖްމަންޓް
އޭޑީކޭ ހޮސްޕިޓަލް: އެއާވޭއި މެނޭޖްމަންޓް
އައިޖީއެމްއެޗް: ރީޖަނަލް އެނެސްތީސިއާ

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. އަހުމަދު އަޝްރަފް ވިދާޅުވި ގޮތުގައި މިފަދަ ބައިނަލްއަގުވާމީ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމުގެ ސަބަބުން ހޭނައްތާ ދާއިރާގައި ރާއްޖޭގެ ފަންނީ ގާބިލްކަން އިތުރުވެ، ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ މެޑިކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، ގައުމުގެ އިގްތިސާދަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ހޭނައްތާ ޑޮކްޓަރުން ވަރަށް މަދު އެސޯސިއޭޝަންގައިވެސް. 80 ގެ އަހަރުތަކުގައި އެންމެ ބޭފުޅަކު ހުންނެވީ. އޭގެ ފަހުންވެސް ދިވެހި އެއް ޑޮކްޓަރު އުޅުމަށް ފަހު މިހާރު އަޅުގަނޑުމެންގެ ދިވެހި 11 ޑޮކްޓަރުން މިދާއިރާގައި ހަރަކާތްތެރިވޭ. މިއަދަދުގައި ހުންނަތާ އަދި މިވީ 2 3 އަހަރު. ފުރުސަތު ލިބިފައިވެސް ނުވެ އޮތީ އަޅުގަނޑުމެން ކެޕޭސިޓީ ނެތީމަ." ރާއްޖޭގެ ހޭނައްތާ ޑޮކްޓަރުންގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. އައްސަދު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ސަރުކާރުން ސިއްހީ ދާއިރާގެ ފެންވަރު މަތިކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ. މިފަދަ ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގެ ސަބަބުން ދިވެހި ޑޮކްޓަރުންނަށް އާ އުކުޅުތަކާއި ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450