Ads by Farudhun

ޚަބަރު

ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ހުރިހާ ރައްޔިތުންނަށް ވެސް އިތުބާރުހުރި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް: ވަޒީރު ޤީލާ

ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ހުރިހާ ރައްޔިތުންނަށް ވެސް އިތުބާރުހުރި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް: ވަޒީރު ޤީލާ

ވަޒީރު ޤީލާ ޢަލީ. ފޮޓޯ: މަޖިލިސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޯގަސްޓު 2026، 12:05

10 އޯގަސްޓު 2026، 12:05

ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ހުރިހާ ރައްޔިތުންނަށް ވެސް އިތުބާރުހުރި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. 

ވަޒީރު މިގޮތަށް ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، ބ. ކިހާދޫގައި ސަރުކާރުން ގާއިމުކުރުމަށް ނިންމާފައިވާ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ކިހާދޫގައި ޞިއްޙީ މަރުކަޒުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޓަކައި ބަޔަކާއި ހަވާލުކުރެވިފައިވާ ކަމަށާއި، އެ ކުންފުނިން މިހާރު ވަނީ އެ ރަށަށް ގޮސްފައިކަމަށް ވަޒީރު ވިދާޅުވިއެވެ. 

އަދި މި އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މަޝްރޫއުގެ ހުރިހާ މަސައްކަތެއް 7 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް އެ އިމާރާތުން ޚިދުމަތް ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

މީގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ވާނެ ކަމަށާއި، މިހާރު ވެސް އެ ރަށުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފާހަގަކޮށްލަން ބޭނުންވަނީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި އިމާރާތްތަކެއް ބިނާކުރުމެއް ނޫން. އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް އެމީހެއްގެ ރަށުން ނުވަތަ ރަށާއި ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް އިތުބާރާއި އެކު ފޯރުކޮށްދިނުން"

ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

މިއާއެކު ވަޒީރު ވަނީ ކިހާދޫގައި ކުރިއަށްގެންދެވޭ މަޝްރޫއުގެ ސަބަބުން އެ ރަށުގެ ޞިއްޙީ ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450