Ads by Farudhun

ޚަބަރު

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު ފުޅާކޮށް، ދިވެހިންނަށް ފުރުސަތުތައް އިތުރުކުރުން: ވަޒީރު އިހުސާން

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު ފުޅާކޮށް، ދިވެހިންނަށް ފުރުސަތުތައް އިތުރުކުރުން: ވަޒީރު އިހުސާން

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު އަލީ އިހުސާން - ފޮޓޯ ހޯމްލޭންޑް މިނިސްޓަރު

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

10 އޯގަސްޓު 2026، 12:39

10 އޯގަސްޓު 2026، 12:39

ރާއްޖޭގެ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް، ވަޒީފާ ހޯދާ ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކެރިއަރ ސާވިސްގެ "މައި ކެރިއަރ ޕޯޓަލް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ވަޒީފާ ނެތް ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި މަގުދައްކައިދިނުން (ކެރިއަރ ގައިޑެންސް) ފޯރުކޮށްދީގެން، އެ ފަރާތްތަކަކީ ވަޒީފާގެ ބާޒާރަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށް ކަމަށެވެ.

އިހުސާން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ދިވެހިން ގިނަ އަދަދަކަށް ތިބި ނަމަވެސް، މި ދެމެދުގައި އޮތް ގުޅުން ކުޑަވުމަކީ ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

"މި ދެބައިގެ ދޭތެރޭގައި އޮންނަ ހުސްކަން ނުވަތަ 'ގެޕް' ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން ތައުލީމީ މުއައްސަސާތަކާއި މީޑިއާ ގުޅިގެން ވަޒީފާގެ ފުރުސަތުތަކަށް މީހުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް،" 

ވަޒީރު ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އަލަށް ތައާރަފުކުރި މި ޕޯޓަލްއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ އެއް ފްލެޓްފޯމަކުން ވަޒީފާގެ ހުރިހާ މައުލޫމާތެއް ލިބެން ނެތް އޮތް އޮތުމަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ. 

މި ޕޯޓަލް މެދުވެރިކޮށް އަމިއްލަ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ފަސޭހަވާނެ ކަމަށާއި، ވަޒީފާ ހޯދާ ފަރާތްތަކަށް އެއް ތަނަކުން ހުރިހާ ފުރުސަތުތަކެއް ފެންނަން ހުންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. 

ކެރިއަރ ގައިޑެންސް ބޭނުންވާ ފަރާތްތަކަށް އެ ދާއިރާގެ ފަންނީ މާހިރުންގެ އިރުޝާދު ލިބިގެންދާނެ ކަންވެސް އިހުސާން ފާހަގަ ކުރެއްވިއެވެ.

މި ޕޯޓަލްގެ ސަބަބުން ވަޒީފާގެ ބާޒާރުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބި، ދިވެހި މަސައްކަތްތެރިންގެ ހުނަރު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ކަމަށް އިހުސާން ވިދާޅުވިއެވެ.

މި މަސައްކަތަކީ މިއީ ރައީސުލްޖުމުހޫިރއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 2.0 ގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450