Ads by Farudhun

ޚަބަރު

އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުޢިއްޒު : ކުރީގެ ރައީސް ޔާމީން

އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުޢިއްޒު : ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮޓޯ: ޗެނަލް 13

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޯގަސްޓު 2026، 02:50

10 އޯގަސްޓު 2026، 02:50

އިދިކޮޅު އެމްޑީޕީގެ މައްޗަށް އަދިވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީންގެ ގެކޮޅުގައި ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވަނީ މިފަދައިން ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އަޅާކިޔާއިރު، އަދިވެސް އިސްކަންދެއްވާނީ ރައީސް މުއިއްޒަށް ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

އަޅުގަނޑު މިދަންނަވަނީ އަނެއްކާވެސް އަޅާކިޔުން އިނގޭތޯ. ދެން ދާން އޮތީ އަނެއްކާވެސް އިބްރާހިމް މުހައްމަދު ސޯލިހަށޭ. އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް އިނގޭތޯ،

      ޔާމީން 

ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ފާޅުގައި ޑިމޮކްރަސީގެ ހުރިހާ އަސާސްތަކަށް އަރައިގަންނަމުންދާ ޕާޓީއެކެވެ. ދާދި ފަހުން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައިވެސް ޔާމީން ވަނީ، ރައީސް ސޯލިހުގެ ސަރުކާރުން އެމަނިކުފާނު ޖަލަށްލައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލި ނަމަވެސް، ރައީސް މުއިއްޒު އެފަދަ އަނިޔާއެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.


                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450