ޚަބަރު
ރަސްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށްދަނީ
މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ހުލާސާ
އއ. ރަސްދޫގެ ބަނދަރުގެ ބޭރުތޮށިލުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ އެ ސަރަހައްދުގައި މިހާރު ކުރިއަށްދަނީ، ސަރަޙައްދުގައި ހިލަ ތޮށިލުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 106،552 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 106 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 224 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 1.656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 177 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.
މި ކަންކަމުގެ އިތުރުން، ރޭމްޕެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމާއި، ކޮންކްރީޓް ދެ ބްރިޖް ހެދުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ވެއެވެ.
މި މަޝްރޫޢަކީ 80.44 މިލިއަން ރުފިޔާއަށް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
Project Update: Design and build of AA. Rasdhoo Harbour Breakwater and Coastal Protection
— MTCC Plc (@MTCCPlc) August 10, 2026
Installation of rock boulder revetment is currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/T1lq776G3v
އާބާދީގައި ގާތްގަނޑަކަށް 1،300 އެއްހައި މީހުން ދިރިއުޅޭ ރަސްދުއަކީ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސްގެ ވިޔަފާރި ވަރަށް ބާރަށް ފުޅާވަމުން އަންނަ ރަށެކެވެ. ނަމަވެސް، އެ ރަށުގެ ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން، ދަތުރުވެރިންނަށާއި ރަށުގެ ރައްޔިތުންނަށް ބަނދަރު ބޭނުންކުރުމުގައި ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހެއެވެ.
މިހާރު ކުރިއަށްދާ މަޝްރޫޢު ނިމުމަކަށް އައުމުން، ލަފާފުރުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އާ ދިރުމެއް ލިބޭނެއެވެ. މީގެ އިތުރުން، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފުރިހަމަވުމުން، ރަށްގިރުމުގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.