Ads by Farudhun

ޚަބަރު

ނ. ހޮޅުދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައި ކޮމިޝަންކޮށްފި

ނ. ހޮޅުދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައި ކޮމިޝަންކޮށްފި

ނ. ހޮޅުދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޯގަސްޓު 2026، 06:16

10 އޯގަސްޓު 2026، 06:16

ނ. ހޮޅުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދިޔަ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު، މިހާރު ވަނީ މުޅި ނިޒާމް ޓެސްޓްކޮށް ކޮމިޝަންކޮށްފައެވެ. މި ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދުއާއި، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި ހޮޅުދޫ ކައުންސިލުން ވަނީ ބައިވެރިވެފައެވެ.

މި މަޝްރޫޢުގެ ތަފްސީލަށް ބަލާއިރު، ހޮޅުދޫގައި 6.6 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ދުވާލަކު 60 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން ހުރި 2 އާރްއޯ ޕްލާންޓާއި، 25 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، 350 ޓަނުގެ ބޯފެން ރައްކާކުރެވޭނެ 2 ޓޭންކާއި، 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ބިނާކޮށްފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ކުރިއަށްދަނީ މި ނިޒާމު ރަސްމީކޮށް ހިންގުމަށްޓަކައި އޮޕަރޭޓަރާއި ހަވާލުކުރުމުގެ އިދާރީ މަސައްކަތްތަކެވެ.

ހޮޅުދޫގެ ފެނުގެ ނިޒާމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މަޝްރޫޢެކެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުން ވަނީ މި މަޝްރޫޢު ހުއްޓިފައި އޮތުމުގެ ޝަކުވާ ހުށަހަޅާފައެވެ. އެ ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި މި މަޝްރޫޢު އަވަހަށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450