Ads by Farudhun

ޚަބަރު

މިރޭ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ވައިގަދަވާނެކަމަށް ލަފާކޮށްފި

މިރޭ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ވައިގަދަވާނެކަމަށް ލަފާކޮށްފި

ވިއްސާރަ ރެއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޯގަސްޓު 2026، 07:35

10 އޯގަސްޓު 2026، 07:35

މިރޭ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެ ސަރަހައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފައެވެ. މި ސަބަބަށްޓަކައި ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެއެވެ.

ވައި ޖެހޭނެ ކަމަށް ލަފާކުރާ މިންވަރަށް ބަލާއިރު، ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، ދެކުނުގެ ކަނޑުތަކާއި އެހެނިހެން ހިސާބުތަކުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ސަރަޙައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެފައިވާތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކާއި ހުރިހާ ރައްޔިތުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450