Ads by Farudhun

ޚަބަރު

އއ. އުކުޅަހު ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ

އއ. އުކުޅަހު ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ

އއ.އުކުޅަހު ޕޮލިސް ސްޓޭޝަންގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޯގަސްޓު 2026، 01:41

11 އޯގަސްޓު 2026، 01:41

އއ. އުކުޅަހުގައި އިމާރާތްކުރަމުންދާ ޕޮލިސް ސްޓޭޝަނުގެ އެތެރޭގެ ފާރުތަކުގައި ސިމެންތި ޖެހުމުގެ 75 އިންސައްތަ މަސައްކަތް ނިމި، މަޝްރޫޢުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، އިމާރާތުގެ އެތެރޭގެ ފާރުތައް ޕްލާސްޓަރު ކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ފުރާޅުގައި ޓިނު ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

އުކުޅަހު ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މިއީ ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއެކު އެމްޓީސީސީން ސޮއިކޮށްފައިވާ ފަހުމުނާމާ (އެމްއޯޔޫ) އެއްގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ރަށްތަކުގައި 5 ފުލުސް ސްޓޭޝަނާއި 10 ޕޮލިސް ޕޯސްޓް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.


މި މަޝްރޫޢުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ 2025 ވަނަ އަހަރުގެ އޯގަސްޓް މަހު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އެވެ.

މި ޕޮލިސް ސްޓޭޝަން އިމާރާތްކޮށް ނިމުމުން، ތަހުގީގު ކުރާ ކޮޓަރިތަކާއި، އިންޓެލިޖެންސް މަސައްކަތްތަކަށް ހާއްސަ ބައިތަކުގެ އިތުރުން، ބަންދު މީހުން ބައިތިއްބާ ގޮޅިތައް (ކަސްޓޯޑިއަލް ސެލް) ވެސް މި އިމާރާތުގައި ގާއިމުކުރެވިގެންދާނެއެވެ. މި ވަސީލަތްތަކާއެކު އުކުޅަހުގައި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާވެ، ހަރުދަނާވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450