Ads by Farudhun

ޚަބަރު

ސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރާނެ: ވަޒީރު އިޙްސާން

ސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރާނެ: ވަޒީރު އިޙްސާން

ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: މަޖިލިސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޯގަސްޓު 2026، 02:47

11 އޯގަސްޓު 2026، 02:47

މަރުގެ ޙުކުމް ތަންފީޒުކުރުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ތަންފީޒުކުރައްވާނެ ކަމަށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު  މިގޮތަށް ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން މީގެ ކުރީގެ ސަރުކާރުތަކުން ވެސް ވައުދުތައް ވެފައިވެއެވެ. އެހެންނަމަވެސް، މިހާތަނަށް އެކަން އަމަލީގޮތުން ކުރެވިފައި ނުވާއިރު، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ސަރުކާރުން އެކަން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސް މީގެ ކުރިން ވަނީ، މަރުގެ ޙުކުމް ތަންފީޒު ނުކުރުމަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި އިތުރު ޗޮއިސްއެއް އޮތް ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅިގެން މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ސަރުކާރުގެ އަމާޒާ އެއްގޮތަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި މިކަމަށް ޓަކައި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ.

މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް އެއީ. އަޅުގަނޑުމެން އެކަން ކުރާނެ. އެކަމަކު އެކަން ކުރުމަށްޓަކައި ގަވަރން ކުރަންޖެހޭ މަރުގެ ހުކުމް ތަންފީޒީ މަރުހަލާ ޤާނޫނީގޮތުން ކަވަރ ކުރަން. އެހެންވެ އެއަށް ބޭނުންވާ ޤާނޫނެއް ފަރުމާކޮށްފައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިވަގުތު އަޅުގަނޑުމެން ކުރަމުންދަނީ.

ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ރައީސް  މުޢިއްޒު ވަނީ، މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ޤާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ޤާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ، އިސްލާމީ ޤައުމެއްގައި އެ އޮންނަ އުޞޫލުގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއްކަމުގައި ޤަބޫލުކުރައްވާ ކަމަށް ވެސް  ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި، މަރުގެ އަދަބު ދެވޭނެ ކުށްތަކުގެ ތެރެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ވަނީ އިތުރުކުރައްވާފައެވެ. މިގޮތުން، ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތަށާއި އޭގެ މިންވަރަށް ރިއާޔަތްކޮށް، މަރުގެ އަދަބު ކަނޑައެޅޭނެ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެންނަވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450