Ads by Farudhun

ޚަބަރު

މި ވެރިކަމުގައި ގޭންގު މާރާމާރީއެއްގައި އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގެއްލިފައި ނުވޭ: ވަޒީރު އިޙްސާން

މި ވެރިކަމުގައި ގޭންގު މާރާމާރީއެއްގައި އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގެއްލިފައި ނުވޭ: ވަޒީރު އިޙްސާން

ވަޒީރު އިޙްސާން މަޖިލީހުގައި. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޯގަސްޓު 2026، 02:49

11 އޯގަސްޓު 2026، 02:49

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، ގޭންގު މާރާމާރީއެއްގައި އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ހާއްސަ ގާނޫނުގެ ދަށުން މިހާތަނަށް ހޯދުނު ކާމިޔާބީތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ ފުލުހުންގެ ތެރޭގައި ގޭންގް މާރާމާރީއަށް ހާއްސަ ޔުނިޓެއް އުފައްދައި ކުރަން ފެށި މަސައްކަތްތަކުން ބޮޑު ކާމިޔާބީއެއް ލިބިގެންދާކަމަށެވެ.

ތަފާސްހިސާބުތަކަށް ރިއާޔަތް ކުރައްވައި ވަޒީރު ވިދާޅުވީ 2007 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދޭތެރޭގައި، ކޮވިޑް-19 ގެ ހާލަތު ފިޔަވައި ކޮންމެ އަހަރަކު ވެސް ގޭންގު މާރާމާރީތަކުގައި ދިވެހިންގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ. އަދި ބައެއް އަހަރުތަކުގައި އެވްރެޖްކޮށް ފަސް މީހުންގެ ފުރާނަ ގެއްލިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް، މި ސަރުކާރު ހަވާލުވި ފަހުން މާތް ﷲ އިރާދަފުޅާއެކު ކުރެވުނު މަސައްކަތުގެ އަލީގައި އަދި މިހާތަނަށް އިރާދަކުރައްވައިގެން އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގޭންގު ކުށެއްގައި ގެއްލިފައި ނުވޭ، ހަމައެއާއެކުގައި މުޅި ރާއްޖޭގެ އެކި ސަރަހައްދުގައި ގޭންގް މާރާމާރީ ހިނގާ ވާހަކަ އަބަދު އިވިގެންދާނެ، އަޅުގަނޑުމެންގެ ޔުނިޓްތައް 24 ގަޑި އިރު މަސައްކަތްކުރޭ މިފަދަ ކުށްތައް ހިނގާ ސަރަހައްދުތައް ބަލައި ފާސް ކުރުމުގައި، މިހާރު ގޭންގް މާރާމާރީ ވަރަށް ބޮޑުތަނުން ކުޑަކުރެވިފައި،" ވަޒީރު ވިދާޅުވިއެވެެ.

ކުށުގެ ވެށީގައި އުޅުނު ކުދިން މިހާރު ވަޒީފާތަކަށް ގޮސް، ރަނގަޅު މަގުތައް ހިޔާރުކުރަމުންދާކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި އެފަދަ ކުދިން ހައްޔަރުކޮށް ޖަލަށްލުން ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެ ކުދިން ރީހެބިލިޓޭޓްކޮށް، މުޖުތަމައަށް ބޭނުންތެރި ޒުވާނުންގެ ގޮތުގައި އަލުން ނެރުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450