Ads by Farudhun

ޚަބަރު

ދައުލަތުގެ އިދާރާތަކުގެ ކަރާމާތް ގެއްލޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ނުދެއްކުމަށް ވަޒީރު އެދިލައްވައިފި

ދައުލަތުގެ އިދާރާތަކުގެ ކަރާމާތް ގެއްލޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ނުދެއްކުމަށް ވަޒީރު އެދިލައްވައިފި

ބެހޭ ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: މަޖިލިސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޯގަސްޓު 2026، 04:04

11 އޯގަސްޓު 2026، 04:04

ދައުލަތުގެ އިދާރާތަކުގެ ކަރާމާތާ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ނުދެއްކުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ.

ވަޒީރު  މިކަމަށް  އެދިވަޑައިގަތީ، ފުލުހުންނާ ދޭތެރޭ ނަފްރަތު އުފައްދާ ރައްޔިތުންގެ މެދުގަ ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅުތަކެއް އެޅުމަށް ފުރުސަތު އޮތްތޯ ބެއްލެވުމަށް، ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ކުރެއްވި ސުވާލަށް  ޖަވާބު ދެއްވަމުންނެވެ.

މި ސުވާލުގެ ޖަވާބުދެއްވަމުން ވަޒީރު  ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ކަރާމާތާއި އެތަންތަނުގެ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ މަންފާ ހޯދުމަށް ޓަކައި،  އިދާރާތަކުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ކޮންމެ  ސަރުކާރެއް  ނުވަތަ  ކޮންމެ ސިޔާސީ ފިކުރެއް ވެރިކަމުގައި އޮތްކަމުގައިވާ ނަމަވެސް، އެތަންތަނުގެ އިއްޒަތާއ، ކަރާމާތާއި  އަދި އަބުރު ރައްކާތެރިކުރަން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަކިން ޚާއްސަކޮށް ފުލުހުންގެ ޚިދުމަތާއި، ދިވެހި ސިފައިންގެ ޚިދުމަތް ފަދަ ސަލާމަތީ ޚިދުމަތްތައްދޭ  ތަންތަށް އޮންނަ އިތުބާރު ސިޔާސީ ގޮތުން ނަގާލުމުގެ ފުރުސަތު އޮވެގެންނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ވަކިން ޚާއްސަކޮށް ފުލުހުންގެ ޚިދުމަތާއި ދިވެހި ސިފައިންގެ ޚިދުމަތް ފަދަ ސަލާމަތީ ޚިދުމަތްތައްދޭ ދިވެހި ރައްޔިތުން އެ ޚިދުމަތަކަށް ކޮންމެ ހާލަތެއްގައި ވެސް ބަލަބަލާ ތިބޭ ޚިދުމަތްތަކެއް. އެތަން ތަނުގެ ކަރާމާތާއި، ރައްކާތެރިކަން އަދި ވަކިން ޚާއްސަކޮށް އެތަން ތަނަށް އޮންނަ އިތުބާރު، ސިޔާސީ ގޮތުން ނަގާލުމުގެ ފުރުސަތު އޮވެގެންވާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލެއް ނުކުރަން.

ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ، މި ތަންނަނަށް ޤާނޫނީ ގޮތުން އަދި ރައްކާތެރިކަން ދެވިފައި ނެތްކަން ފާހަގަކުރައްވާ، ގާނޫނީ ގޮތުން ފިޔަވަޅު އެޅޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސް ދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450