Ads by Farudhun

ޚަބަރު

ތުޅާދޫ ސަގާފީ މަރުކަޒުގެ މައި އިމާރާތުގެ އިބްތިދާއީ މަސައްކަތްތަކެއް އެއްކޮށް ނިމިއްޖެ

ތުޅާދޫ ސަގާފީ މަރުކަޒުގެ މައި އިމާރާތުގެ އިބްތިދާއީ މަސައްކަތްތަކެއް އެއްކޮށް ނިމިއްޖެ

ތުޅާދޫ ސަގާފީ މަރުކަޒުގެ މަސައްކަތް. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 އޯގަސްޓު 2026، 12:48

12 އޯގަސްޓު 2026، 12:48

ބ. ތުޅާދޫ ސަގާފީ މަރުކަޒު ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ މަރުކަޒުގެ މައި އިމާރާތުގެ އިބްތިދާއީ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މުޅިން ނިމިފައި ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި  މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ  އިމާރާތުގެ ފައުންޑޭޝަނާއި އޮނިގަނޑުގެ މަސައްކަތްތައް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. 

 މަޝްރޫއުގެ އިތުރު ތަފްސީލުތައް ހިއްސާކުރައްވަމުން ވުޒާރާއިން ވިދާޅުވީ، ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތުގެ 60 އިންސައްތަ  ނިމިފައިވާ ކަމަށާއި، ކޮންކްރީޓް މަސައްކަތުގެ 11 އިންސައްތަ  ފުރިހަމަކުރެވިފައިވާ ކަމަށެވެ. 

ކެފޭ އިމާރާތުގެ މަސައްކަތްތަކުގެ ތެރެއިން، ބިންގަނޑު އެއްވަރުކުރުމުގެ 50 އިންސައްތަ މަސައްކަތް ވަނީ ނިމިފައި ކަމަށާއި، އެ އިމާރާތުގެ ކޮންކްރީޓް މަސައްކަތުގެ ވެސް ވަކި އިންސައްތައެއް ވަނީ ނިމިފައި ކަމަށް އެ ވުޒާރާއިން ހާމަކުރައްވައެވެ. މި  މުޅި މަޝްރޫއުގެ 4.08 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

އަދި ހަމައެހެންމެ، މި ވަގުތު މައި އިމާރާތުގެ ބީމްތަކުގައި ދަގަނޑު އެޅުމާއި ފިލާޖެހުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމާއި،ކެފޭ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް ވެސް ވަނީ ފަށާފައިކަން ވުޒާރާއިން ހާމަކުރައްވައެވެ. 

އަދި މި މަޝްރޫއުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. 

ބ. ތުޅާދޫގައި 2 ފަންގިފިލާއަށް އަޅަމުންދާ ސަޤާފީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. 

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 420 ދުވަސްތެރޭ ނިންމާގޮތަށެވެ. އަދި ހަވާލުކޮށްފައިވަނި 24.4 މިލިޔަން ރުފިޔާއަށެވެ.

ސަގާފީ މަރުކަޒު ނިމުމުން އެތަނުގައި ލިޔެލާޖެހުމާއި، އަތްތެރި މަސައްކަތާއި، ގެތުން އަދި ލަކުޑީގެ މަސައްކަތް ފަދަ ސަގާފީ ހުނަރުވެރި ފަންނުތަކުން ތަމްރީނު ދެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެމްޓީސީސީން ބުނެފައިވަނީ މި ސެންޓަރުގައި ކެފޭއަކާއި، ހިތްފަސޭހަކޮށްލުމަށް ޖާގަ ހުންނާނެ ކަމަށެވެ.

މި މަސައްކަތަކީ، ދިވެހިރާއްޖޭގައި ފަންނީ އިޤްތިޞާދެއް ޤާއިމްކުރުމާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި ތަޞައްވުރުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެއްކަން ވުޒާރާއިން ފާހަގަކުރިއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450