Ads by Farudhun

ޚަބަރު

ފިއްލަދޫ ކައުންސިލް އިދާރާގެ %80 މަސައްކަތް ނިމިއްޖެ

ފިއްލަދޫ ކައުންސިލް އިދާރާގެ %80 މަސައްކަތް ނިމިއްޖެ

ހއ. ފިއްލަދޫ---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 އޯގަސްޓު 2026، 01:48

12 އޯގަސްޓު 2026، 01:48

ހއ. ފިއްލަދޫގައި ތަރައްޤީ ކުރަމުންގެންދާ ކައުންސިލް އިދާރާގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިންމައިފިއެވެ. 

މިއީ ސަރުކާރުން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން ދެ ފަންގެފިލާގެ އިމާރާތެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ކައުންސިލް އިދާރާ ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން، ފިއްލަދޫގައި ތަރައްޤީ ކުރަމުންގެންދާ ކައުންސިލް އިދާރާގެ މަސައްކަތުގެ ބިންގާ އަޅާފައި ވަނީ، 2025 ވަނަ އަހަރުގެ ޖެނުއަރީ  މަހުގެ ތެރޭގައެވެ. 

ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާވެ، ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ރަށްރަށުގެ ކައުންސިލް އިދާރާތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ކައުންސިލް އިދާރާ އަލުން ބިނާކުރުމެވެ.

މަޝްރޫއުތަކުގެ ތެރެއިން 105 ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާރް.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލުގެ މަސައްކަތެވެ.

މިއީ،  ރާއްޖޭގެ ގިނަ ރަށްރަށުގެ ކައުންސިލް އިދާރާތަކަކީ ގިނަ އަހަރުތަކެއްވުމުގެ ސަބަބުން ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާތީވެ ރައީސް ފައްޓަވާފައިވާ މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450