Ads by Farudhun

ޚަބަރު

ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

ސެންޓްރަލް ޕާކުގައި ބޭއްވި އިވެންޓެއްގެ ތެރެއިން. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 އޯގަސްޓު 2026، 03:39

12 އޯގަސްޓު 2026، 03:39

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. 

ޒުވާނުންގެ ދުވަހުގެ ހާއްސަ ހަރަކަތާތްތައް ކުރިއަށްދާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 14  ވަނަ ދުވަހުގެ ނިޔަލަށް  ހުޅުމާލޭ ސެންޓްރަލް ޕާކުގައި، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

"ކޮމިއުނިޓީ ހޭންގްއައުޓެއް"ގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އިވެންޓުގައި، ފުޑް ސްޓޯލްތަކާއި، މަޖާ ގޭމްތަކާއި، ލައިވްކޮށް ގެނެސްދޭ އުފެއްދުންތެރި ހުށަހެޅުންތަކާއި،  ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތައް ހުންނާނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ޒުވާނުން ޤައުމީ ސަޕޯޓް ނެޓްވޯކްތަކާ ގުޅުވާލުމަށް ޓަކައި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ހާއްސަ އިންފޮމޭޝަން ބޫތެއް އެތަނުގައި ހުންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.  ކުރިއަށް އޮތްތަނުގައި ހިންގޭ ޒުވާނުންގެ ޕްރޮގްރާމްތަކާއި، ގްރާންޓްތަކާއި، ފިޓްނަސް އިނީޝިއޭޓިވްތަކާ ބެހޭ މައުލޫމާތު، މި ހަރަކާތްތަކުގައި ބައިވެރިވެރިންނަށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މި އިވެންޓަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި އެޗްޑީސީ، ބޭންކް އޮފް މޯލްޑިވްސް، އެސްއެމްއީ، ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)، އުރީދޫ، ދިރާގު ގޭމަރސް ގިލްޑް، ސްޓެލްކޯ، ވެމްކޯ، ހުޅުމާލެ ހޮސްޕިޓަލް، އެކޯ އިވެންޓްސް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި އެޑްވެންޗަރ އަޕް އެމްވީއިން ގުޅިގެން ކުރިއަށްގެންދާ ހަރަކާތަކެވެ.

އަދި މި ހަރަކާތުގައި ބައިވެރިވުމަށް ޓަކައި ސެންޓްރަލް ޕާކަށް ޒިޔާރަތް ކުރެއްވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާއިން ވަނީ ދައުވަތު އަރުވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450