Ads by Farudhun

ޚަބަރު

ރާއްޖޭގެ މެހުމާންދާރީއަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ވަޒީރު އަމީން

ރާއްޖޭގެ މެހުމާންދާރީއަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ވަޒީރު އަމީން

ވަޒީރު އިބްރާހިމް މުޙައްމަދު އަމީން. ފޮޓޯ: ޕީއެސްއެމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 އޯގަސްޓު 2026، 01:23

13 އޯގަސްޓު 2026، 01:23

ރާއްޖޭގެ މެހުމާންދާރީއަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިގޮތަށް ވިދާޅުވީ، މިއަދު "މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގ"ގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ރާއްޖޭގެ ޤުތުރަތީ މާޙައުލަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއްބައިކަން ފާހަގަކުރައްވާފައެވެ.

އަދި ރާއްޖޭގެ އެންމެ ބޮޑު ބާރަކީ ދިވެހީންގެ ގޮތުގައި އޮތް އޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ދިވެހިވަންތަ އާދަތަކާއި، ދިވެހީންގެ އިޖުތިމާއީ ގުޅުމާއި، ދިވެހީންގެ މެހުމާންދާރީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތްދިނުމުގައި ދިވެހީންނަކީ ތޫނުފިލި ބައެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޤުދުރަތީ ރީތިކަމުގެ އިތުރުން، އަޅުގަނޑުމެންގެ މެހުމާންދާރީ އަދާކުރުމުގެ އާދަތަކާއި ވަށްޓަފާޅިއަކީ، މިއަދު ދުނިޔޭގެ އެހެން ޤައުމުތަކުގައި ނަމޫނާއަކަށް ބަލަމުންގެންދާ ކަންކަން.

ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ބަދަލުތަކުގައި މާހައުލަށާއި، ޒަމާނީ ކަންކަމަށާއި، އައު އީޖާދުތަކަށް ފަސޭހައިން ހޭނުމުގައި ދިވެހީންނަކީ ވަރަށް ޤާބިލު ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ދިވެހީންނަކީ އެހެން ޤާއުމުތަކަށްހުރި ނަމޫނާއެއްކަން ދައްކުވައިދޭ ރަނގަޅު ސިފަތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގ" އަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުންތައް ވަޒަންކުރުމަށާއި، މުސްތަޤުބަލުގައި އިސްކަންދޭނެ ކަންކަމާއި މެދު އެއްބަސަވުމަށް ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ކަމާގުޅުންހުރި އެންމެހައި ފަރާތްތައް އެއްތަނަކަން ޖަމާވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450