Ads by Farudhun

ޚަބަރު

ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުގެ މަސައްކަތް އާދީއްތަ ދުވަހުގެ ނިޔަލަށް ނިންމަން ފާސްކޮށްފި

ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުގެ މަސައްކަތް އާދީއްތަ ދުވަހުގެ ނިޔަލަށް ނިންމަން ފާސްކޮށްފި

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޯގަސްޓު 2026، 04:34

13 އޯގަސްޓު 2026، 04:34

ބޭރުފައިސާގެ ގާނޫނަށް މުހިއްމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އާދީއްތަ ދުވަހުގެ ނިޔަލަށް ނިންމުމަށް ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި މި އިސްލާހު ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ރިޔާސަތުން އިއްޔެ ނިންމެވިއެވެ. ކޮމިޓީން އެންމެ ފުރަތަމަ ނިންމީ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، މިއަދުގެ ނިޔަލަށް ކޮމިޓީގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް، މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި އެ އިސްލާހުގެ މަސައްކަތް ނިންމުމުގެ މުހުލަތު އޯގަސްޓު 18، 2026 ވާ އާދީއްތަދުވަހުގެ ނިޔަލަށް ދަންމައިލުމަށް ވަނީ ނިންމާފައެވެ. އަދި ކޮމިޓީގެ އިތުރު ބައްދަލުވުމެއް އާދީއްތަދުވަހުގެ ހެނދުނު 10:30 ގައި ބޭއްވުމަށް ވަނީ ތަރުތީބުކުރެވިފައެވެ.

މި ބިލުގައި ހިމެނޭ މުހިއްމު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމް ވިޔަފާރިތަކުގެ ތެރެއިން ރިސޯޓުތަކުން ބޭރު ފައިސާ މާރުކުރުމުގައި ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން އޮތް އޮތުން ބަދަލުކޮށް، ހަމައެކަނި އާމްދަނީގެ 20 އިންސައްތަ މާރުކުރުން ލާޒިމުވާ ގޮތަށް ހެދުން ހިމެނެއެވެ. މީގެއިތުރުން، ޓޫރިޒަމް ދާއިރާ ފިޔަވައި ބޭރު ފައިސާއިން އާމްދަނީ ލިބޭ އާންމު ވިޔަފާރިތަކުގެ ތެރެއިން ފައިސާ މާރުކުރުން ލާޒިމުވާ އާމްދަނީގެ އިމަކީ އަހަރަކު 25 މިލިއަން ޑޮލަރު ކަމަށް ކަނޑައެޅުންވެސް ހިމެނެއެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އެ މުއްދަތުގައި 20 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރަންޖެހެއެވެ.

އޭގެ އިތުރުން، ރާއްޖޭގައި ހިންގާ ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކެއްގައި ހުންނަ އެކައުންޓަކަށް ޖަމާކުރުން ލާޒިމުކުރުމާއެކު، އެ އާމްދަނީ ޖަމާކުރާ އެކައުންޓުގެ މައުލޫމާތު މަރުކަޒީ ބޭންކު (އެމްއެމްއޭ) އާ ހިއްސާކުރަންޖެހޭ ގޮތަށް ގެންނަ އިސްލާހަކީވެސް މި ބިލުގެ އެންމެ މުހިއްމު އެއް ބަޔެވެ.

މި އިސްލާހުތަކަށް އަމަލުކުރުމަށްޓަކައި އިންތިގާލީ މުއްދަތެއް އެމްއެމްއޭއިން އެކުލަވައިލާ ގަވާއިދުގައި ކަނޑައަޅަންޖެހޭނެއެވެ. އަދި މި އިސްލާހު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ލާޒިމުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450