Ads by Farudhun

ޚަބަރު

އަމާން ޓަވަރުތައް ކައިރިއަށް ކުނި އަޅާ މީހުން ހޯދުމަށް ކެމެރާ ހަރުކުރަނީ

އަމާން ޓަވަރުތައް ކައިރިއަށް ކުނި އަޅާ މީހުން ހޯދުމަށް ކެމެރާ ހަރުކުރަނީ

އަމާން ޓަވަރުތައް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 އޯގަސްޓު 2026، 04:33

13 އޯގަސްޓު 2026، 04:33

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތައް ކައިރިއަށް ކުނިއަޅާ މީހުން ހޯދުމަށް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)  އިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ދެނެގަތުމަށް ސީސީޓީވީ ހަރުކުރުމުގެ މަސައްކތް ކުރަމުންދާ ކަމަށާއި، މި ކެމެރާތަކުގެ އެހީގައި ކުނިއަޅާ މީހުން ވަގުތުން ދެނެގަނެވޭނެ ކަމަށެވެ.

އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ކުންފުނިން ވަނީ ދީފައެވެ. މިއީ އެ ސަރަހައްދަކީ ސާފުތާހިރު، ރައްކާތެރި މާހައުލަކަށް ހެދުމަށް ޓަކައި ކުރެވޭ މަސައްކަތެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.



އަމާން ޓަވަރުތައް ހުންނަ ސަރަހައްދު ސާފުކުރުމުގެ ގޮތުން އެފްޑީސީން "ފަހި ސާފުވެށި" ކެމްޕޭނުގެ ދަށުން ގިނަ ހަރަކާތްތަކެއް  ހިންގާފައިވެއެވެ. އެގޮތުން 2025 އިން 2026 އާ ހަމައަށް ހިންގި ހަރަކާތްތަކުގައި ޖުމްލަ 5,040 ޓަނުގެ ކުނި އުކާލާފައިވާއިރު، މި މަސައްކަތްތަކަށް އެފްޑީސީގެ ބަޖެޓުން 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މި މަހުގެ 9 ވަނަ ދުވަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން،  ވަނީ އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. އެ ހަރަކާތުގެ ތެރެއިން އެ ސަރަހައްދުން ގިނަ އަދަދެއްގެ ކުނި ވަނީ އުކާލާފައެވެ.

އަމާން ޓަވަރުތައް ކައިރިޔަށް ކުނި އަޅާ މައްސަލަ  ބޮޑުވެފައިވާއިރު، އެކަމުގެ  ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އާންމު ޞިއްޙަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމަށް މީގެކުރިން އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450