ޚަބަރު
ހޯރަފުށީގެ ހޮސްޕިޓަލްގެ ފުރަތަމަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް ފަށައިފި
ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: ފޭސްބުކް
ހއ. ހޯރަފުށީގައި އިމާރާތްކުރަމުންދާ އާ ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ މޫސާ މައުލޫމާތު ދެއްވައިފިއެވެ.
މެމްބަރު އަލީ މޫސާ މިކަން ހާމަކުރެއްވީ އެބޭފުޅާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހޯރަފުށީ ސިއްހީ މަރުކަޒު 30 އެނދުގެ ޒަމާނީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މުޅި މަޝްރޫއަކީ އެ ރަށުގެ 3،500 އެއްހާ އާބާދީއަށް އަމާޒުކޮށްގެން ކުރިއަށްދާ މުހިންމު އިމާރާތްކުރުމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޑިޒައިނިންގ އަދި ބިލް އޮފް ކުއަންޓިޓީސް (ބީއޯކިއު) ގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ ސެޕްޓެމްބަރު 2019 ގައެވެ. އަދި އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ސެޕްޓެމްބަރު 6، 2023 ގައެވެ.
ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ފޭސްބުކް
ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް މިސަރުކާރުން ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންނެވެ.