Ads by Farudhun

ޚަބަރު

ވެމްކޯގެ ޚިދުމަތް ރަށްރަށުގައި އިތުރަށް ފުޅާކުރަން ތައްޔާރުވަނީ

ވެމްކޯގެ ޚިދުމަތް ރަށްރަށުގައި އިތުރަށް ފުޅާކުރަން ތައްޔާރުވަނީ

ރަށްރަށަށް ފޮނުވަން ތައްޔާރުކޮށްފައިވާ އުޅަނދުތައް. ފޮޓޯ: އެންވައިރަމެންޓް މިނިސްޓްޜީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޯގަސްޓު 2026، 04:01

14 އޯގަސްޓު 2026، 04:01

ވެމްކޯގެ ޚިދުމަތް ރަށްރަށަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތައް އެކުންފުންޏާ ހަވާލުކޮށްފިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުން އަންނަނީ ވަށާޖެހޭ ނިޒާމެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އަތޮޅުތަކުގައި ޤާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުތަކާއެކު، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

ވެމްކޯއާ ހަވާލުކޮށްފައިވާ އުޅަނދުތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ނިޒާމު ވިދާޅުވެފައިވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި އާބަން ސެންޓަރުތަކުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ޚިދުމަތް ފެށުމަށާއި އެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބައެއް ކަމަށެވެ. މި އުޅަނދުތައް ރާއްޖެއަށް ގެނައުމަށް ހަވާލުކޮށްފައިވަނީ ލިޓަސް އޮޓޯ މޮބައިލްއާއެވެ.

ނިޒާމު ވިދާޅުވީ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި އާބަން ސެންޓަރުތަކުގައި މިހާރު ކުނީގެ ޚިދުމަތް ދެމުންދަނީ ކައުންސިލްތަކުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ރަށްރަށުގައި ވެމްކޯއިން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި ހަވާލުކުރެވުނު އާލާތްތަކަކީ އެ މަސައްކަތް ފެށުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ހަވާލުކުރި 10 ރަށުޕިކަޕާއި 350 ކިލޯގެ ބަރުދަން އުފުލޭ 12 ޕިކަޕުގެ އިތުރުން މިމަހުގެތެރޭގައި ވެސް އިތުރު އުޅަނދުތައް ގެނެސް ވެމްކޯއާ ހަވާލުކުރާނެ ކަމަށް ނިޒާމު ވިދާޅުވިއެވެ.

އަތޮޅުތަކުގައި ވެމްކޯގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ނިޒާމު ވިދާޅުވިއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރޭގައި އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާ ހަވާލުކޮށްފައިވާ 110 ރަށެއްގެ އިތުރުން، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ 19 ރަށެއް ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450