Ads by Farudhun

ޚަބަރު

ހެންވޭރު ފަހިވައިގޭގައި އަލިފާނުގެ ހާދިސާއެއް، ސިފައިން ހަރަކާތްތެރިވަނީ

ހެންވޭރު ފަހިވައިގޭގައި އަލިފާނުގެ ހާދިސާއެއް، ސިފައިން ހަރަކާތްތެރިވަނީ

އަލިފާޏުގެ ހާދިސާ ފޮޓޯ: ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޯގަސްޓު 2026، 09:41

15 އޯގަސްޓު 2026، 09:41

މާލޭ ހެންވޭރު ބޮޑުރަސްގެފާނު މަގުގައި ހުންނަ ހ. ފަހިވައިގޭގައި މިރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ އެގޭގެ 7 ވަނަ ފަންގިފިލާގައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 20:41 އެހައިކަންހާއިރުއެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ.

މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސް އަނިޔާވުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ ފުލުސް މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ހާދިސާގައި އިތުރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވި ގޭގައި ދިރިއުޅެމުންދިޔަ 4 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ މިހާރު އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450