Ads by Farudhun

ޚަބަރު

މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 އޯގަސްޓު 2026، 10:18

16 އޯގަސްޓު 2026، 10:18

މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

15 އޮގަސްޓް 2026 ގައި ބޭއްވުނު މި ބައްދަލުވުމުގައި،  ރާއްޖޭގެ އެކި ސަރަޙައްދުތަކުން 44 ފަރާތެއް ބައިވެރިވެފައިވެއެވެ. މިއީ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން މާލޭގައި ބޭއްވި މިފަދަ ދެވަނަ ބައްދަލުވުންކަން މަސްވެރިކަމާއި ބެހޭ ވުޒާރާ ފާހަގަކުރައްވައެވެ.

މި ބައްދަލުވުން ހުޅުއްވައިދެއްވާފައި ވަނީ،  މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަލްފާޟިލް އިސްމާއިލް އަޒްމީ އަދްނާނެވެ. މި ބައްދަލުވުމުގައި ސްޓެޓް މިނިސްޓަރ ވަނީ،  މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމަކީ މުޅި ދުނިޔޭގައި ވެސް މަޤުބޫލުވަމުން އަންނަ މަލްޓިބިލިއަން ޑޮލަރ އިންޑަސްޓްރީއެއް ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއަކީ ސްޕޯޓްސް ފިޝިންގއަށް މަޝްހޫރު މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރެވެމުން އަންނަ ޤައުމެއް ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ސްޓެޓް މިނިސްޓަރ ވަނީ، މި މަސްވެރިކަން ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.



މަސްވެރިންގެ ގުންޒަރުގެ ނަމުގައި އެ ވުޒާރާއިން ބާއްވާ މި ސިލްސިލާ ބައްދަލުވުންތަކަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމަށާއި، ތަރައްޤީކުރުމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަދި އިއްޔަ ބޭއްވުނު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ރަވާއި، ހިންގާ، ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އެކަމާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ބައްދަލުވުމުގެ ތެރެއިން އެއްކުރެވުނު މައުލޫމާތަކީ، މި މަސްވެރިކަން މެނޭޖްމަންޓްކުރުމާއި، މި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށާއި،  މަސްވެރިކަމުގެ ތަރައްޤީގެ މަޝްރޫއުތައް ރޭވުމުގައި މުހިންމު ދައުރެއް އަދާކުރާނެ މައުލޫމާތުތަކެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450