ޚަބަރު
ކެލާގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި
ކެލާގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެންޑީއެމްއޭ
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ހއ. ކެލާ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ކެލާގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ޓަކައި ބާއްވާ ބައްދަލުވުންތައް މި މަހުގެ 16 އިން ފެށިގެން، 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ކެލާ ކައުންސިލާއި އެ ރަށުގެ މުހިންމު އިދާރާތަކުގެ ފަރާތްތަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދެނީ ޔޫއެންޑީޕީންނެވެ.
NDMA, with support from @UNDPMaldives for the Island Disaster Management Plan (IDMP) and @UNICEFMaldives for the Community Emergency Response Team (CERT) Induction Workshop, is conducting activities in Ha. Kelaa from 16–20 August 2026 as part of the implementation of the revised… pic.twitter.com/tmz6bhx2To
— NDMA Maldives (@NDMAmv) August 16, 2026
ރަށްރަށުގައި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މިފަދަ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން މީހުން ހޭލުންތެރިކުރުވަން ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ (ސީބީއާރުބީ) ފްރޭމްވޯކްގެ ދަށުން އެންޑީއެމްއޭއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެ އިދާރާއިން ވަނީ، 2012 އިން ފެށިގެން ބޭނުންކުރަމުން އައި ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް (ސީބީޑީއާރުއެމް) އޮނިގަނޑު، ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އަލުން މުރާޖައާކޮށް މިހާރު ވަނީ ސީބީއާރުބީ އަށް ބަދަލުކޮށްފައެވެ.
މީގެއިތުރުން ރަށްރަށުގެ ފެންވަރުގައި ކާރިސާ މެނޭޖުކުރާނެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެންޑީއެމްއޭއިން މިހާތަނަށް 72 ރަށެއްގައި ފުރިހަމަކޮށްފައިވާއިރު، އިތުރު ރަށްތަކަށް މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ވެސް އެ އޮތޯރިޓީން މެދުކެނޑުމެއްނެތި ދަނީ ކުރިއަށް ގެންދަމުންނެވެ.