Ads by Farudhun

ޚަބަރު

އެޗްޑީސީގެ މުވައްޒަފުން އިސްނަގައިގެން ޚާއްޞަ ބްލަޑް ކޭމްޕެއް ފަށައިފި

އެޗްޑީސީގެ މުވައްޒަފުން އިސްނަގައިގެން ޚާއްޞަ ބްލަޑް ކޭމްޕެއް ފަށައިފި

އެޗްޑީސީގެ މުވައްޒަފެއް ލޭހަދިޔާ ކުރަނީ ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޯގަސްޓު 2026، 02:52

16 އޯގަސްޓު 2026، 02:52

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ބްލަޑް ބޭންކަށް ބޭނުންވާ ލޭ ހަދިޔާކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން އިސްނަގައިގެން ޚާއްޞަ ބްލަޑް ޑޮނޭޝަން ކޭމްޕެއް މިއަދު ފަށައިފިއެވެ.

އެޗްޑީސީއާއި އެމްބީއެސް ގުޅިގެން މިއަދު ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ، ބްލަޑް ބޭންކަށް ވީހާވެސް ގިނަ އަދަދަކަށް ލޭ ހަދިޔާކޮށް، ލޭ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ހަރަކާތުގެ ދަށުން، މެޑިކަލް ޗެކަޕް ހެދުމަށްފަހު އެޗްޑީސީގެ ހުރިހާ މުވައްޒަފުންނަށްވެސް ލޭ ހަދިޔާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ހަރަކާތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ ސީއެސްއާރުގެ އެސިސްޓެންޓް ޑިރެކްޓަރު ޙަސަން ޝަހީދު ވިދާޅުވީ، މިއަދު ކުރިއަށްގެންދާ މި ކޭމްޕަކީ ބްލަޑް ބޭންކުގައި ލޭ މަދުވެފައިވާކަމުގެ މަޢުލޫމާތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ލިބުމާ ގުޅިގެން ފެށި ކަމެއް ކަމަށެވެ. އަދި މި ކޭމްޕަށް އެޗްޑީސީގެ ވަރަށް ގިނަ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުޙީބަކާއި އެއްބާރުލުމެއް ލިބެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޝަހީދު ވިދާޅުވީ، ބްލަޑް ބޭންކަށް ދިމާވި ލޭގެ ދަތިކަން ޙައްލުކުރުމަށްޓަކައި މިއަހަރުގެ ޖެނުއަރީ މަހުވެސް އެޗްޑީސީން އިސްނަގައިގެން ކޭމްޕެއް ބޭއްވި ކަމަށާއި، މި އަހަރުގެ ތެރޭގައި އިތުރު ކޭމްޕެއް ކުރިއަށްގެންދިއުމަކީވެސް އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށެވެ.

އެޗްޑީސީގެ އިޖުތިމާޢީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަކީ މުޖުތަމަޢަށް ފައިދާހުރި ކަންކަން ކަމުގައި ވުމާއެކު، ކުރިއަށް އޮތް ތަނުގައިވެސް ސިލްސިލާކޮށް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450