Ads by Farudhun

ޚަބަރު

ނިލަންދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

ނިލަންދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

ނިލަންދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 އޯގަސްޓު 2026، 03:01

16 އޯގަސްޓު 2026، 03:01

ފ. ނިލަންދޫގައި ބިނާކުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރުދުވެލީގައި  ކުރިއަށްދާކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވަ އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، އޮފީސް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބާއި ބީމްތަކުގެ ޝަޓަރިން އަދި ދަގަނޑު ބަނުމުގެ މަސައްކަތްތައް ކަމަށެވެ.

ނިލަންދޫ  ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ،  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، 21 ސެޕްޓެމްބަރު 2025 ގައެވެ. 



ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ސަރުކާރު ގައުމާ ހަވާލުވި އިރު ރާއްޖޭގައި ޕޮލިސް ހިދުމަތް ދިނުމަށް ޕޮލިސް ޕޯސްޓެއް، ނުވަތަ ޕޮލިސް ސްޓޭޝަންއެއް ނެތް ރަށްރަށް ގިނަކަން ފާހަކުރެވެއެވެ. 

ރާއްޖޭގެ ހުރިހައި ރަށެއްގައި ފުލުހުންގެ  ހިދުމަތް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށްވާއިރު، އެ ކަމަށް ބޭނުންވާ އިމާރަތްތައް މިހާރު އަންނަނީ ރަށްރަށުގައި ބިނާކުރަމުންނެވެ. އެގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތަށް ބޭނުންވާ އެންމެހައި އިމާރާތްތައް ތަރައްގީކުރުމަކީ ސަރުކާރުގެ ލަނޑުދަނޑިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450